މިދަންނަވާ ކަންތައްތައް، 30 ޖޫން 2019 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2019/26 ވަނަ ޖަލްސާ (3 ވަނަ ދައުރުގެ 78 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.
ހިންނަވަރު އިޖްތިމާޢީ މަރުކަޒުގެ ފުޓްސަލްދަނޑަށް ފެންޖަހާ ނިޒާމްގެ ޕަމްޕް ގަތުމަށް މާލީ އެހީގެ ގޮތުގައި 5,000/- (ފަސްހާސް) ރުފިޔާ ޅ.ހިންނަވަރު އިޖްތިމާޢީ މަރުކަޒަށް ދޭން ނިންމުން.
ހިންނަވަރު ޔޫތު ސޮސައިޓީން، 1440 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފްޒުކޮށް ތަރާވީޙް ނަމާދު ކުރުމަށްޓަކައި ގެނެސްފައިވާ ޙާފިޡްގެ، ޚަރަދުތައް ހަމަޖައްސައިދެވެން ނެތްކަމަށް ހިންނަވަރު ޔޫތު ސޮސައިޓީއަށް ޖަވާބުދޭން ނިންމުން.
ފާދިއްޕޮޅުގެ މީހުންއުޅޭ ރަށްރަށުގައި ޤާއިމް ކޮށްފައިވާ ކުޑަކުދިންގެ ޕާރކްތަކާ ކަސްރަތު ޕާރކްތައް ބެލެހެއްޓުމަށް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން މާލީ އެހީ ހަމަޖައްސައިދިނުމުގެ އުޞޫލު U2/2019 ފާސްކުރުން.
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2019 ވަނަ އަހަރުގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމެނިގެން، ޅ. ކުރެންދޫ ކައުންސިލާ ގުޅިގެންހިންގާ ބޯފެންއަޅާ ކަޅުހަން ކެޕޭސިޓީ އިތުރު ކުރުމުގެ ޕްރޮގްރާމްގައި، މިއިދާރާގެ ބެލުމުގެ ދަށުގައިވާ ކަޅުހަންތަކުގެ ތެރެއިން، އެކަށީގެންވާ 2 ކަޅުހަން ބޭނުންކުރަން ނިންމުން.
މަދިރިމަދުކުރުމަށް ރޭވިފައިވާ ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ބަޖެޓްކުރެވިފައިވާ ކޯޑުން، 5,000/- (ފަސްހާސް) ރުފިޔާގެ މާލީ އެހީއެއް، ކުރެންދޫގައި ކުރިޔަށްދާ ވެކްޓަރ ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްއަށް ދެވޭ އެހީއެއްގެގޮތުގައި، ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާއަށް ދޭން ނިންމުން.
1439 ވަނަ އަހަރުގެ އަޟްޙާޢީދު ފާހަގަކުރުމަށް ޅ. ނައިފަރު ސެންސް ޖަމްޢިއްޔާއަށް އަނބުރާ ދައްކާގޮތަށް ދޫކުރެވިފައިވާ މިއިދާރާގެ ސައުންޑް ސިސްޓަމްގެ ތަކެތީގެތެރެއިން، ލިބިފައިނުވާތަކެތީގެ އަގުގެ ގޮތުގައި 1,660/- (އެއްހާސް ހަސަތޭކަ ފަސްދޮޅަސް) ރުފިޔާ، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް ދެއްކުމަށް ޅ.ނައިފަރު ސެންސް ޖަމިއްޔާއަށް އެންގުމަށް ނިންމުން.
ފަހުގެ ލިއުންތައް
- 2026 ފެބުރުވަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ޖެނުއަރީ، ފެބުރުއަރީ 2026)
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- 2026 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- 2025ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޑިސެންބަރު 2025
- 2025 ޑިސެންބަރު މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- 2025 ނޮވެންބަރު، ޑިސެންބަރު މަހުގެ ތަރައްޤީ ޕްލޭނަށް ޢަމަލީސިފަ އައިސްފައިވާ ގޮތުގެ ރިޕޯޓް ރައްޔިތުންނާ ޙިއްޞާކުރި ކައުންސިލްތައް
- 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓް
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ނޮވެމްބަރ 2025
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް އައި.ޓީ އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ
- ބިޑް ކޮމިޓީގެ ނިންމުން އިޢުލާން ކުރުން
