މިދަންނަވާ ކަންތައްތައް، 04 ޖުލައި 2019 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2019/27 ވަނަ ޖަލްސާ (3 ވަނަ ދައުރުގެ 79 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ވަންދޫއަށް ކުނިގެންދިއުމަށް ކުނިބަލާ އަންނަ އުޅަނދުފަހަރަށް ކައިރިކުރެވޭގޮތަށް ޝީޓްޕައިލްކޮށް ލޯޑިން އެންޑް އަންލޯޑިންގ ޖެޓީއެއް ހެދުމަށް ނައިފަރު ކައުންސިލުން ކުރިއަށް ގެންދަވާ ޕްރޮޖެކްޓަކީ ޕީ.އެސް.އައި.ޕީ.ގެ ދަށުން ހިންގާފަދަ ބޮޑެތި މަޝްރޫޢުތައް ކަމަށްވާތީ، އެފަދަ ޕްރޮޖެކްޓްތަކަށް މިއިދާރާގެ މިއަހަރުގެ ބަޖެޓްގެ ތެރެއިން، އެހީ ހަމަޖައްސައިދިނުމަށް ފައިސާ ހިމެނިފައިނުވާތީ އެފަދަ އެހީ ހަމަޖައްސައިދެވެން ނެތްކަމަށް ނިންމުން.

އިޖްތިމާޢީ ކަންކަމަށް ޚަރަދުކުރުމަށް މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓްކޯޑް ހުސްވެފައިވާތީ، ނައިފަރު ޕޮލިސް ސްޓޭޝަނުން ބާއްވާ ފްޓްސަލް މުބާރާތް ސްޕޮންސަރ ކޮށްދެވެން ނެތްކަމަށް ނިންމުން.