މިދަންނަވާ ކަންތައްތައް، 28 އޮގަސްޓް 2019 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2019/34 ވަނަ ޖަލްސާ (3 ވަނަ ދައުރުގެ 86 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީއުޞޫލުން ހިންގުމުގެ ޤާނޫނުގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ތަރައްޤީގެޕްލޭނަށް ބިނާކޮށް ލޯކަލްގަވަރމަންޓް އޮތޯރިޓީން ފޮނުއްވި ފޯމެޓާއެއްގޮތަށް، ފާދިއްޕޮޅު އަތޮޅުކައުންސިލްގެ ކުރިޔަށްއޮތް 3 އަހަރަށް (2020، 2021، 2022) ލަފާކުރި ބަޖެޓް، ޖުމްލަ ޢަދަދު -/12,759,438 ރ. ( ބާރަ މިލިޔަން، ހަތްލައްކަ ފަންސާސް ނުވަހާސް، ހަތަރުސަތޭކަ އަށުތިރީސް ރުފިޔާ ) ފާސްކުރުން.