މިދަންނަވާ ކަންތައްތައް، 11 ސެޕްޓެމްބަރ 2019 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2019/36 ވަނަ ޖަލްސާ (3 ވަނަ ދައުރުގެ 88 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

މާލިއްޔަތުގެ ޤަވާޢިދަށް އަހުލުވެރިކުރުމުގެ ޓްރެއިނިންގ ޕްރޮގްރާމެއް 2019 ވަނަ އަހަރުގެ އެކްޓިވިޓީ ކަލެންޑަރަށް އިތުރުކޮށްގެން ކުރިއަށް ގެންދިއުމަށާ، މިޙަރަކާތް ހިންގުމަށް 82,000/- (އަށްޑިހަ ދެހާސް) ރުފިޔާގެ ބަޖެޓެއް، ޓްރެއިނިންގ ބަޖެޓް ތެރެއަށް އިތުރުކުރަން ނިންމުން.

އެޕްރެންޓިޝިޕް ޕްރޮގްރާމްގެ 6 މަސްދުވަހުގެ މުއްދަތު ފުރިހަމަކުރުމަށްފަހު، އަދި 6 މަސްދުވަސް އިތުރުކޮށްދިނުމަށް އެދިފައިވާ ބައިވެރިއަކަށް 12 މާރޗް 2020 ގެ ނިޔަލަށް، 6 މަސްދުވަހުގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމުން.

2019 ވަނަ އަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސަރުކާރުން އަތޮޅުކައުންސިލްތަކަށް ހުޅުވާލައްވާފައިވާ ކެނޯ މުބާރާތުގައި ބައިވެރިވުމަށާއި، މި މުބާރާތުގައި އަތޮޅު ތަމްސީލްކުރުމަށް ބައިވެރިވާ، ކޮންމެ ބައިވެރިއަކަށް ރަމްޒީ ޢިނާޔަތެއްގެ ގޮތުގައި -/2,000 (ދެހާސް) ރުފިޔާ ދިނުމަށާއި، މިޙަރަކާތް ހިންގުމަށް ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުމުގެ ޚަރަދު ކޯޑަށް -/12,000 (ބާރަހާސް) ރުފިޔާ އިތުރު ކުރަން ނިންމުން.