މިދަންނަވާ ކަންތައްތައް، 15 އޮކްޓޯބަރ 2019 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2019/39 ވަނަ ޖަލްސާ (3 ވަނަ ދައުރުގެ 91 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

މިއިދާރާގެ 8 އެކައުންޓްގެ އިންޓަރނެޓް ބޭކިންގ ގެ ޚިދުމަތް، އިތުރު 2 މުވައްޒަފުންނަށް ދިނުމަށް ބޭންކަށް ހުށަހަޅަން  ޖެހޭ ޤަރާރު، 3 ކައުންސިލް މެމްބަރުން ހަމަވާ ޖަލްސާ އެއްގައި ފާސްކުރުމަށް، އެހެން ޖަލްސާއަކަށް މި މައްސަލަ އެޖެންޑާ ކުރުމަށް ނިންމުނު .

ޅ. އަތޮޅު ރައްޔިތުންގެ ފަންޑް އަދި ސުނާމީ ރިކަވަރީ ފަންޑުން ދޫކޮށް ފައިވާ ފައިސާގެ ތެރެއިން ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމަށް ، އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އޭ.ސީ.ސީ އިންނާއި އޮޑިޓަރ ޖެނަރަލް އޮފީހުންއާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއިން ތަކުރާރުކޮށް އަންގަވަމުން ގެންދަވާތީ ފައިސާ ދޫކޮށްފައިވާ ފަރާތްތަކަށް ލުއި އިންތިޒާމްތަކެއް ހަމަޖައްސައިދީގެން ނަމަވެސް، މިފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރަންޖެހިފައިވާތީ ތިރީގައިވާ ގޮތުގެ މަތިން ފައިސާ ހޯދުމުގެ ކަންކަން ކުރިޔަށް ގެންދަން ފެންނަކަމަށް ނިންމުން.

ފައިސާ އަނބުރާ ދެއްކުމަށް ކޮންމެ މީލާދީމަހަކު -/500 ރުފިޔާ ދައްކާ ގޮތަށް ހަމަޖެއްސުން.-

-އަތޮޅުގެ ރަށު ކައުންސިލް ތަކަށް ފަންޑު ތަކުގެ ފައިސާ ބަލައިނުގަތުމަށް ރަށުކައުންސިލްތަކަށް އެންގުމަށާއި މި ފައިސާ ހަމައެކަނި ބަލައިގަންނާނީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ކައުންޓަރުން ކަމަށާއި  ނުވަތަ  ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް ނިންމުން.

-ނަގައިފައިވާ ފައިސާ ގަވާއިދުން ނުދެއްކުމުން އަރައިފައިވާ ޖޫރިމަނާ މާފް ކޮށްދިނުން

-%15 އަށް ވުރެ މައްޗަށް އަރައިފައިވާ އިންޓަރެސްޓް މާފްކޮށްދިނުން އަދި އިތުރަށް އިންޓަރެސްޓް ނުހިނގާ ގޮތަށް ހަމަޖައްސައިދިނުން.

-މިލުއިތައް ހަމަޖައްސައިދިނުމުން މިހާރު ދައްކަންޖެހޭ ޢަދަދުތަކާއި ލުއިދެވުނު ފަރާތްތަކުގެ ލިސްޓް ޢާއްމުކޮށް އިއުލާން ކުރުން. އަދި މިލިސްޓްގެ އަޕްޑޭޓް ކޮންމެ މަހަކު އިއުލާންކުރަމުން ގެންދިއުން.

ނައިފަރުގައި ދާއިމީ ގޮތެއްގައި ބެޑްމިންޓަނާއި ޓޭބަލްޓެނިސް އަދި އިތުރު އިންޑޯރ ކުޅިވަރުތައް ކުޅެވިގެންދާނޭ މަގު ފަހިކުރުމަށްޓަކައި ” ޔޫތް ޑިވެލޮޕްމަންޓް ކޮމްޕްލެކްސް” އެއް އިމާރާތް ކުރުމުގެ ޕްރޮގުރާމް އަށް ފައިސާ ޚަރަދުކުރެވޭ ކަހަލަ އެކްޓިވިޓީއެއް މި އަހަރުގެ މަސައްކަތު ތަވަލްއާޢި ބަޖެޓްގައި ހިމެނިފައިނުވާތީއާއި 2020 ވަނައަހަރުގެ ފޯކާސްޓް ބަޖެޓްވެސް މިހާރު ފާސްކުރެވި ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ފޮނުވިފައި ވާތީ، 2020 ޖަނަވަރީ ގައި 2020 ގެ ބަޖެޓް ފާސްކުރާއިރު މި ޕްރޮގްރާމްއަށް ފައިސާގެ އެހީއެއް ހިމަނައި ދޭންފެންނަކަމަށް ނިންމުން.

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް ސިމާއު 20 އޮކްޓޯބަރ 2019 އިން ފެށިގެން 3 ދުވަހުގެ އަހަރީ ޗުއްޓީ ދޭން ނިންމުން