މިދަންނަވާ ކަންތައްތައް، 20 ނޮވެމްބަރ 2019 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2019/42 ވަނަ ޖަލްސާ (3 ވަނަ ދައުރުގެ 94 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ޤާނޫނު ނަންބަރު 2006/3 މާލިއްޔަތު ޤާނޫނު) ގެ 46 ވަނަ މާއްދާގެ ދަށުން ޢައްޔަންކުރެވޭ މާލީ ޒިންމާދާރު ވެރިޔާ އަދި ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ “ޕްރިންސިޕަލް އެކައުންޓިންގ އޮފިސަ” އަކީ ދައުލަތުގެ ކޮންމެ މަސްއޫލް އޮފީހެއްގައި ހުންނަންޖެހޭ ބޭފުޅަކަށްވާތީ، މާލީ ޒިންމާދާރު ވެރިޔާ ވާނީ މީގެކުރިން އެހެން ޖަލްސާއަކުން ފާސްކުރެވިފައި ކަމުގައި ވުމުން، ޕްރިސިޕަލް އޮފް އެކައުންޓިން އޮފިސައި އަކީ އެއިރެއްގައި ބަޖެޓް ޔުނިޓް ހިންގުމާއި ޙަވާލުވެހުންނަވާ ވެރިމީހާ ކަމުގައި  ނިންމުން.

ފަންނު އެކްސް ޕޯ 2019 ގައި ބައިވެރި ވުމަށް ކައުންސިލްގެ ރައީސް އިބްރާހީމް ސިމާއު އަށް ދައުވަތު ލިބިފައިވާތީ ފަންނު އެކްސް ޕޯގައި ބައިވެރި ވުމުގެ ދަތުރު ޚަރަދާއި ފްޑް އެންޑް އެކަމަޑޭޝަން ޚަރަދު މާލިޔައްތު ޤާނޫނާ އެއްގޮތަށް މިއިދާރާގެ ބަޖެޓްއިން ހަމަޖައްސާދޭން ފެންނަކަމަށް ނިންމުން.