މިދަންނަވާ ކަންތައްތައް، 14 ޖެނުއަރީ 2020 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2020/01 ވަނަ އާއްމު ޖަލްސާ (3 ވަނަ ދައުރުގެ 98 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

  1. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 96 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކައުންސިލަށް ލިބޭ އާމްދަނީއާއި އެކިގޮތްގޮތުން ލިބޭ އެހީއަށް ބަލައިގެން އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފޮނުއްވި ފޯމެޓާއެއްގޮތަށް ތައްޔާރުކޮށްފައިވާ، ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގެ 2020 ވަނަ އަހަރުގެ ބަޖެޓްގެ ރިކަރެންޓް ޚަރަދުގެ ގޮތުގައި 10,274,635.00 (ދިހަމިލިޔަން ދެލައްކަ ހަތްދިހަ ހަތަރުހާސް ހަސަތޭކަ ތިރީސް ފަސް ރުފިޔާ) ކެޕިޓަލް ޚަރަދުގެ ގޮތުގައި 3,405,512.00 (ތިންމިލިޔަން ހަތަރުލައްކަ ފަސްހާސް ފަސްސަތޭކަ ބާރަ ރުފިޔާ) ޖުމްލަ 13,680,147.00 (ތޭރަމިލިޔަން ހަލައްކަ އައްޑިހަ ހާސް އެއްސަތޭކަ ސާޅީސް ހަތް ރުފިޔާ) ގެ ބަޖެޓް ފާސްކުރުން.
  2. ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާއާއި، ފާދިއްޕޮޅު އަތޮޅުގޭގެ ސެކިއުރިޓީ ބެލެހެއްޓުމަށް ނަގާފައިވާ ސެކިއުރިޓީ އޮފިސަރުންގެ މުއްދަތު 31 ޖެނުއަރީ 2020 އަށް ހަމަވާތީއާ، ސެކިޔުރިޓީ އޮފިސަރުންގެ ކޮންޓްރެކްޓްގެ މުއްދަތު ކައުންސިލްއަށް ފެންނަނަމަ އިތުރު ކުރެވިދާނޭކަމަށް ކޮންޓްރެކްޓް އެއްބަސްވުމުގައި އޮންނާތީ، ސެކިއުރިޓީ އޮފިސަރުންގެ ކޮންޓްރެކްޓް މުއްދަތު، އިތުރު 1 އަހަރު ދުވަހަށް އިތުރުކުރަން ނިންމުން..
  3. 2020 ވަނަ އަހަރުގެ މަސައްކަތު ތާވަލު ޑްރާފްޓްކޮށް، ރިވިއުކުރެވިފައިވާ ގޮތަށް، 2020 ވަނަ އަހަރުގެ މަސައްކަތު ތާވަލު ފާސްކުރުން.

2020 ވަނަ އަހަރުގެ ބަޖެޓް

2020 ވަނަ އަހަރުގެ މަސައްކަތު ތާވަލް