މިދަންނަވާ ކަންތައްތައް، 19 ފެބްރުއަރީ 2020 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2020/05 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 102 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ޅ. ކުރެންދޫ ބަނދަރުގައި ލަފާ ފުރާ މީހުންނަށް ގިމަތައެއް ޢިމާރާތްކުރުމުގެ މަޝްރޫޢަށް ފައިސާގެ އެހީގެ ގޮތުގައި 75،000.00 (ހަތްދިހަ ފަސްހާސް ރުފިޔާ) ދިނުމަށާއި، މިފައިސާ ޙަވާލުކުރާނީ ހުށައަޅާފައިވާ ޕްރޮޕޯސަލްގައި ވާގޮތައް ޢިމާރާތް ހިޔާކުރާ ހިސާބަށް ދިޔުމުންކަމަށް ނިންމުން.

އެޕްރެންޓިޝިޕް ޕްރޮގްރާމްގެ 6 މަސްދުވަހުގެ މުއްދަތު ފުރިހަމަކުރުމަށްފަހު، އަދި 6 މަސްދުވަސް އިތުރުކޮށްދިނުމަށް އެދިފައިވާ ބައިވެރިއަކަށް މުއްދަތު އިތުރުކޮށްދިނުމަށް ނިންމުން.

ބަޖެޓް އެންޑް ފައިނޭންސް ޔުނިޓަށް އެސިސްޓެންޓް ޑިރެކްޓަރ މަޤާމަށް މުވައްޒަފަކު ހަމަޖެއްސުމަށް ހުށަހަޅަންޖެހޭ ލިޔުން ފާސްކުރުން.