މިދަންނަވާ ކަންތައްތައް، 18 ޖޫން 2020 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2020/11 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 108 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.
1- އޭ ޒޯން ބިން ސާފުކުރުމުގެ މަސައްކަތްކުރުމަށް ޅ. އަތޮޅު ކައުންސިލް އިދާރާއާއި، އަލްފާޟިލާ އާމިނަތު ފަޟީލާ / ނިއްސާ، ލ. ގަން އާއި ދެމެދު 01 ޖުލައި 2019 ދުވަހު ވެފައިވާ ( އެއްބަސްވުން ނަމްބަރ: (AGR)231-AH/INDIV/2019/24) އެއްބަސްވުމުގެ މުއްދަތު 30 ޖޫން 2020 އަށް ހަމަވާތީ 1 ޖުލައި 2020 އިން ފެށިގެން މިއެއްބަސްވުމުގެ މުއްދަތު އިތުރު 06 (ހައެއް) މަސްދުވަހަށް އިތުރުކުރުމަށް ފެންނަކަމަށް ނިންމުން.
2- ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މުވައްޒަފަކު އައްޔަނުކުރެވެންދެން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަސްޢޫލިއްޔަތާއި ވަގުތީގޮތުން ޙަވާލުވުމަށް ޝައުޤުވެރިވާ ސީނިއަރ މުވައްޒަފަކު ޅ. އަތޮޅު ކައުންސިލް އިދާރާގައި މިވަގުތު ނެތުމާއެކު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަސްޢޫލިއްޔަތާއި ވަގުތީގޮތުން ޙަވާލުވާނެ ފަރާތެއް ނެތްކަމަށް ސިވިލް ސާރވިސް ކޮމިޝަނަށް ޖަވާބުދިނުމަށް ނިންމުން.