މިދަންނަވާ ކަންތައްތައް، 19 އޮކްޓޯބަރ 2020 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2020/23 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 120 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީ ދަށްވެފައިވާތީ، މިހާރު ދައުލަތަށް ލިބޭނޭކަމަށް ކުރެވޭ އައު އަންދާޒާއަށް ބަލައި، ކައުންސިލްތަކަށް ދިނުމަށް ކަނޑައަޅާފައިވާ ބްލޮކް ގްރާންޓް މިނިސްޓްރީ އޮފް ފިނޭންސްއިން ރިވައިޒްކޮށްފައިވުމާއި އެކު، ރިވައިޒް ބްލޮކް ގްރާންޓާއި އެއްގޮތަށް ކައުންސިލްތަކުގެ 2020 ވަނަ އަހަރުގެ ބަޖެޓްވެސް 15 އޮކްޓޯބަރ 2020 ގެ ކުރިން ރިވައިޒްކޮށް ނިންމުމަށް އެލް. ޖީ.އޭ އިން އަންގަވާފައިވާތީ، 2020 ވަނަ އަހަރަށް ރިވައިޒްކޮށްފައިވާ ބަޖެޓް ފާސްކޮށްދެއްވުންއެދި ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގެ ބަޖެޓް އެންޑް ފައިނޭންސް ޔުނިޓުން ހުށަހަޅާފައިވާ މައްސަލާގައި، ރިވައިޒް ބަޖެޓް މިހާރު ކަނޑައަޅާފައިވާ ގޮތަށް، 4,436,810.00 (ހަތަރު މިލިއަން ހަތަރުސަތޭކަ ތިރީސް ހަހާސް އަށްސަތޭކަ ދިހަ ރުފިޔާ) ފާސްކުރަން ނިންމުން.