މިދަންނަވާ ކަންތައްތައް، 28 އޮކްޓޯބަރ 2020 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2020/24 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 121 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.
1- ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރު (ފޭން) ޖަމްޢިއްޔާއިން، މިއަހަރު މަސްވެރިންގެ ދުވަސް (10 ޑިސެމްބަރ 2020) ފާހަގަ ކުރުމުގެ ގޮތުން، ރަށު ފެންވަރުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކަށް، އަތޮޅު ކައުންސިލުން ފައިސާގެ އެހީއެއް ލިބޭނޭގޮތްވުންއެދި، އެ ޖަމްޢިއްޔާ އިން ހުށަހަޅާފައިވާ މައްސަލާގައި، “ފޭން” ޖަމްޢިއްޔާއިން އެހީއަށްއެދި ހުށަހަޅުއްވާފައިވާ ޕްރޮގްރާމަކީ، މި ކައުންސިލް ބަޖެޓްގައި ހިމެނިފައިނުވާ ޙަރަކާތަކަށްވެފައި، މިކައުންސިލްއާއި ގުޅިގެން ހިންގުމަށް، 2019 ވަނަ އަހަރު ހުޅުވާލި ފުރުޞަތުގައި، ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރު (ފޭން) ޖަމްޢިއްޔާއިން، އެއްވެސް ޕްރޮޕޯސަލްއެއް ހުށަހަޅާފައިނުވާތީ، އެ ޖަމްޢިއްޔާއިން އެދިފައިވާ އެހީ ހަމަޖައްސައިދެވެން ނެތްކަމަށް ނިންމުން.
2- ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާއިން ހިންގާ “ވިނަރެސް” ސްކީމްގެ ދަށުން ފަހަކަށްއައިސް ގިނަ ފަރާތްތަކަކުން ތަކެތި ނަގަމުން ގެންދާކަން ފާހަގަކުރެވޭކަމަށާއި، މިގޮތުން ވިނަރެސް ސްކީމް އަތޮޅުގެ ޢާއްމުންގެ ތެރޭގައި ދުވަހެއް ދުވަހަކަށް މަޤްބޫލުވަމުން ދާއިރު، މި ސްކީމްގެ ތެރެއިން ފާހަގަ ކުރެވޭ މައްސަލަތަކެއް ހުރުމާއެކު، އެ މައްސަލަތައް ފާހަގަކޮށް، މިކަންކަން ޙައްލު ކުރުމަށްފަހު މެނުވީ ވިނަރެސް ސްކީމުން ފައިސާ ދޫކުރުމަކީ މިކައުންސިލް އިދާރާއަށާއި ދައުލަތަށްވެސް އެންމެ މަޞްލަޙަތު ހުރިގޮތްކަމަށް ނުފެންނާތީ، އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓުން ހުށަހަޅާފައިވާ މައްސަލާގައި، މި ސްކީމްގެ ތެރެއިން ފާހަގަ ކުރެވޭ މައްސަލަތަކެއް ހުރުމާއެކު އެ މައްސަލަތައް ފާހަގަކޮށް، ގެންނަންޖެހޭ އިޞްލާޙްތަކާއެކު ފޯމާއި އުޞޫލު ފާސްކުރުމަށް ދެން އޮންނަ ކައުންސިލް ޖަލްސާއަކަށް އެޖެންޑާކުރަން ފެންނަކަމަށް ނިންމުން.
ފަހުގެ ލިއުންތައް
- 2026 ފެބުރުވަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ޖެނުއަރީ، ފެބުރުއަރީ 2026)
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- 2026 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- 2025ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޑިސެންބަރު 2025
- 2025 ޑިސެންބަރު މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- 2025 ނޮވެންބަރު، ޑިސެންބަރު މަހުގެ ތަރައްޤީ ޕްލޭނަށް ޢަމަލީސިފަ އައިސްފައިވާ ގޮތުގެ ރިޕޯޓް ރައްޔިތުންނާ ޙިއްޞާކުރި ކައުންސިލްތައް
- 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓް
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ނޮވެމްބަރ 2025
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް އައި.ޓީ އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ
- ބިޑް ކޮމިޓީގެ ނިންމުން އިޢުލާން ކުރުން
