މިދަންނަވާ ކަންތައްތައް، 19 ނޮވެމްބަރ 2020 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2020/26 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 123 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ޅ. ކުރެންދޫ ކައުންސިލުން 2019 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ އޭ.ސީ، އަދި ރެފްރިޖަރޭޝަން ކޯސް، އަހަރު ނިމިގެން ދިޔައިރުވެސް ހިންގިފައިނުވާތީ، އެ ދެކޯސް ހިންގުމަށް ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާއިން، ކުރެންދޫ ކައުންސިލްގެ އިދާރާއަށް ދެއްވި -/46،000 (ސަޔާޅީސް ހާސް) ރުފިޔާ، މިއަހަރު ކުރެންދޫ ކައުންސިލުން ހިންގަންފެށުމަށް ހަމަޖެހިފައިވާ އިލެކްޓްރީޝަން ކޯހަށް ބަދަލުކޮށްދިނުމަށް ނިންމުން.