މިދަންނަވާ ކަންތައްތައް، 06 ޖެނުއަރީ 2021 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2021/1 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 127 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ވިނަރެސް ސްކީމުގެ ސްކީމްގެ އުޞޫލާއި ރިވައިޒްޑް ފޯމާއި، ވިނަރެސް ސްކީމުގެ އެއްބަސްވުމުގެ ޑްރާފްޓާއި، މުވައްޒަފުގެ ވަޒީފާއިބެހޭ މަޢުލޫމާތު ފޯމް އާއި މުދާ ގަތުމަށް ހުއްދަދޭ ފޯމް، މިހާރު ބަދަލުގެނެވިފައިވާ ގޮތަށް ފާސްކުރުން.

ފާދިއްޕޮޅު އަތޮޅުކައުންސިލުން ހިންގާ ވިނަވި ސްކީމުން މާލީއެހީ ލިބިފައިވާ ފަރާތަކުން، ވިނަވިސްކީމަށް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކުމަށް ލުއިގޮތެއް ހައްދަވާ ދެއްވުން އެދިފައިވާ މައްސަލާގައި އުޞޫލުގެ 25 ވަނަ މާއްދާޔަށް ރިޢާޔަތްކޮށް ޖަވާބު ދޭންފެންނަކަމަށް ނިންމުން.