ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނިންމުން އިޢުލާން ކުރުން (2021/03)
މިދަންނަވާ ކަންތައްތައް، 03 ފެބްރުއަރީ 2021 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2021/5 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 131 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.
ނައިފަރު މީރާ ކަލެކްޝަން ސެންޓަރގައި މަސައްކަތްކުރައްވާ މުވައްޒަފުން ބޭނުންކުރަމުން އަތޮޅުކައުންސިލް އިދާރާގެ ފާޚާނާއަށް ވަނުމަށް ކައުންސިލް އިދާރާގެ ދޮރުގެ އެކްސެސް ރަސްމީގަޑިފިޔަވައި، އެހެންގަޑިތަކުގައި ދެވެންނެތްކަމަށާއި، އަދި މި ޢިމާރާތް ހެދިފައިވާގޮތުން މިހާރު މީރާއިން ބޭނުންކުރަމުންދާ ކޮޓަރިއާއި އިންވެގެން ފާޚާނާއެއް ހެދުމަށް ޖާގަދެވެން ނެތްކަމަށާއި، ޢިމާރާތް ކުރިމަތީ އޮތް ހުސްބިމުގައި ފާޚާނާއެއް ހެދުމަށް ޖާގަދެވިދާނެކަމަށް ނިންމުން.
ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގެ ނަމުގައި ބޭންކް އޮފް މޯލްޑިވެސް ނައިފަރު ބްރާންޗްގައި ހުޅުވާފައިވާ 6 އެކައުންޓްގެ އިންޓަރނެޓް ބޭންކިންގ ޚިދުމަތަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ 2 ޤަރާރު ފާސްކުރުން.
ފާދިއްޕޮޅު އަތޮޅުކައުންސިލްގެ ރައީސަށް 25 ދުވަހުގެ އަހަރީ ޗުއްޓީ ދޭން ނިންމުން.
ފަހުގެ ލިއުންތައް
- 2021 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ވަޒީފާގެ ފުރުސަތު: އެސިސްޓެންޓް ޑިރެކްޓަރ
- ޅ. ހިންނަވަރު “ކުދިލުނބޯމާގެ” ކިޔާގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހުށަހެޅުން
- ޅ. ހިންނަވަރު “ހިތްވަރު” ކިޔާގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހުށަހެޅުން
- ޅ. ހިންނަވަރު “ދިލްބަހާރުގެ” ކިޔާގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހުށަހެޅުން
- ޅ. ހިންނަވަރު “ޚަލީފާ” ކިޔާގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހުށަހެޅުން
- 2020ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޑިސެމްބަރ 2020
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ނޮވެމްބަރ 2020
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – އޮކްޓޯބަރ 2020