މިދަންނަވާ ކަންތައްތައް، 04 މާރިޗް 2021 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2021/7 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 133 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ޅ. ނައިފަރު މަދްރަސަތުލް އިފްތިތާޙުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ، އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތާއި، ހޭނޑްބޯލް މުބާރާތުގެ އިނާމާއި ޓްރޮފީގަތުމަށް -/5000 (ފަސްހާސް) ރުފިޔާގެ މާލީ އެހީއެއް ދޭން ނިންމުން.

ޅ.އަތޮޅުމަދްރަސާގެ ޅަސްއިންޓެލެކްޓްސް ސްޓަޑީ ކޭމްޕްގެ ޚަރަދުތައް ކުރުމަށް -/7000 (ހަތްހާސް) ރުފިޔާގެ މާލީ އެހީއެއް ދޭން ނިންމުން.