މިދަންނަވާ ކަންތައްތައް، 26 މެއި 2021 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2021/10 ވަނަ ޢާއްމު ޖަލްސާ (4 ވަނަ ދައުރުގެ 2 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

1. ޅ. ނައިފަރު ކައުންސިލްގެ ބާރުބޭނުންކޮށްގެން ޅ. ނައިފަރު މޫސުންވިލާ މުޙައްމަދު ޒަކަރިއްޔާގެ ޙައްޤުތައް އަތުލާފައިވާކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ މައްސަލާގައި މުޙައްމަދު ޒަކަރިއްޔާގެ ހައްގެއް ގެއްލިފައިވާނަމަ ޝަރުއީ ކޯޓަކަށް ހުށަހަޅުއްވައިގެން ކުރިޔަށް ގެންދެވުމަށް އެފަރާތަށް އިދާރީގޮތުން ޖަވާބުދޭން ފެންނަކަމަށް ނިންމުން.

2. ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާއާއި، ފާދިއްޕޮޅު އަތޮޅުގެ ބެލެހެއްޓުމަށް ނަގާފައިވާ ސެކިއުރިޓީ އޮފިސަރުންގެ މުއްދަތު 31 މެއި 2021 އަށް ހަމަވާތީ، އެއްބަސްވުމުގެ މުއްދަތު 1 މަސްދުވަހަށް އިތުރުކުމަށާއި، އަދި އިތުރުކުރެވޭ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އަލުން އިޢުލާންކޮށް، ސެކިއުރިޓީ އޮފިސަރުން ހޯދުމަށް ނިންމުން.

3. ޅ. އަތޮޅު ރަށްތަކުގައި ކޮވިޑް-19 ގެ ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް އަދި ރަށްތައް ޢާއްމު ޙާލަތަކަށް ގެނައުމަށް ހުށަހަޅުއްވާފައިވާ ޤަރާރާއި، ޅ. އަތޮޅުގެ ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ޅ. އަތޮޅު ކައުންސިލުން އިސްނަގައި މަސައްކަތްކުރުމަށް ކަނޑައަޅާ ޤަރާރު ފާސްކުރުން.

4. ކޯވިޑް 19 އާއި ގުޅިގެން އެކުލަވާލާ އަތޮޅު އިމަޖެންސީ އޮޕަރޭޓިންގ ސެންޓަރާއި، ރަށު އިމަޖެންސީ އޮރަރޭޓިންގ ސެންޓަރާއި، ސޯޝަލް ސަޕޯޓް ޑެސްކް އަދި ސޯޝަލް ސަޕޯޓް ރެސްޕޮންސް ޔުނިޓް އެކުލަވާލުން އިދާރީގޮތުން ކުރިޔަށް ގެންދެވުމަށް ފާސްކުރުން.

5. އަލަށް އިންތިޚާބުކުރެވުނު ކައުންސިލަރުންނަށް ޅ. އަތޮޅުރައްޔިތުންގެ ފަންޑްގެ އެކައުންޓްތައް އޮޕަރޭޓްކުރުމުގެ ހުއްދަދިނުމުގެ ޤަރާރާއި، އަދި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ އެކައުންޓްތައް އޮޕަރޭޓްކުރުމުގެ ހުއްދަދިނުމުގެ ޤަރާރު ފާސްކުރުން.