މިދަންނަވާ ކަންތައްތައް، 03 ޖޫން 2021 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2021/11 ވަނަ ޢާއްމު ޖަލްސާ (4 ވަނަ ދައުރުގެ 3 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ކޮވިޑް 19 ގެ ބަލިމަޑުކަމާ ގުޅިގެން، ރަށު ކައުންސިލްތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް މާލީގޮތުން އެހީތެރިވުމަށް ފާދިއްޕޮޅު އަތޮޅު ކައުންސިލުން އެކުލަވާލާފައިވާ 300,000.00 ރ (ތިންލައްކަ ރުފިޔާ) ގެ ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރުން.

2021 ވަނަ އަހަރުގެ ފުރަތަމަ ސަޕްލިމެންޓްރީ ބަޖެޓްގެ ސަބަބުން މިއަހަރުގެ ވޯކްޕްލޭނަށް ގެނެވުނު ބަދަލުތަކާއި، 2021 ވަނަ އަހަރުގެ ކުރިޔަށް އޮތް ދުވަސްތަކުގައި ކައުންސިލުން ހިންގަންރާވާ ޙަރަކާތްތަކާއި އެއްގޮތަށް ކައުންސިލްގެ މިއަހަރުގެ ވޯކްޕްލޭން ފާސްކުރުން.

2021 ވަނަ އަހަރުގެ ފުރަތަމަ ސަޕްލިމެންޓްރީ ބަޖެޓްގެ ސަބަބުންނާއި 2021 ވަނަ އަހަރުގެ ވޯކްޕްލޭނަށް ގެނެވުނު ބަދަލުތަކުގެ ސަބަނުން، 2021 ވަނަ އަހަރުގެ ބަޖެޓަށްގެނެވުނު ބަދަލުތައް ހިމަނައިގެން ރިވައިޒްކޮށް ހުށަހަޅާފައިވާ 2021 ވަނަ އަހަރުގެ ރިވައިޒް ބަޖެޓްގެ ރިކަރެންޓް ޚަރަދުގެ ގޮތުގައި 6,830,814.00  ( ހަމިލިޔަން އަށްސަތޭކަ ތިރީސްހާސް އަށްސަތޭކަ ސާދަ ރުފިޔާ )، ކެޕިޓަލް ޚަރަދުގެ ގޮތުގައި  1,543,100.00 ( އެއްމިލިއަން ފައްސަތޭކަ ސާޅީސް ތިންހާސް އެއްސަތޭކަ ރުފިޔާ)، ޖުމްލަ 8,373,914.00 ( އަށްމިލިޔަން ތިންލައްކަ ހަތްދިހަ ތިންހާސް ނުވަސަތޭކަ ސާދަ ރުފިޔާ ) ގެ ބަޖެޓް ފާސްކުރުން.

އަތޮޅުރަށްވެހިގެ1 ކުއްޔަށް ދޫކުރުމަށް ނައިފަރު ކޯޕަރޭޓިވް ސޮސައިޓީއާއި ފާދިއްޕޮޅު އަތޮޅު ކައުންސިލާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން، ރަށްވެހިގެ ހުޅަނގުދެކުނު ކަނުން މަގަށް އިތުރު ދޮރެއްކެނޑުމަށް ނައިފަރު ކޯޕަރޭޓިވް ސޮއިޓީން ހުއްދައަށް އެދި ހުށަހަޅާފައިވާ މައްސަލާގައި ނައިފަރު ކޯޕަރޭޓިވް ސޮސައިޓީއާއި މިކައުންސިލާއި ދެމެދު 29 އޯގަސްޓް 2019 ގައި ވެފައިވާ އެއްބަސްވުމުގެ 8 ވަނަ މާއްދާގެ “d” ގައި “ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެފަރާތުން ހުރިހާ ޚަރަދަކާ ޒިންމާވާގޮތަށް މަސައްކަތް ކުރިޔަށް ގެންދިއުމަށް ހުއްދަ ދިނުމަށް ފާސްކުރުން.