މިދަންނަވާ ކަންތައްތައް، 06 އޮކްޓޯބަރ 2021 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 26/2021 ވަނަ ޢާއްމު ޖަލްސާ (4 ވަނަ ދައުރުގެ 18 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

  1. ފާދިއްޕޮޅު އަތޮޅުކައުންސިލްގެ ނައިބުރައީސަކު އިންތިޚާބު ކުރުމަށްޓަކައި،ފާދިއްޕޮޅު އަތޮޅުކައުންސިލްގެ ނައިބުރައީސްކަމަށް ކުރިމަތިލެއްވި ކުރެންދޫ ދާއިރާގެ މެމްބަރ އަލްފާޟިލް އިބްރާހީމް ސިމާއު އާއި، ހިންނަވަރު ދާއިރާގެ މެމްބަރ އަލްފާޟިލް ޙަސަން ޝާފިޢު އާއި ދެ މެމްބަރުންގެ ވޯޓް، 01 ޖުލައި 2021 ދުވަހު ނައިބުރައީސް ހޮވުމަށް ބޭއްވުނު ޖަލްސާގައި އެއްވަރުވެފައިވާތީ، މި ދެ މެމްބަރުންގެ މެދުގައި ވޯޓްލުން އަލުން ކުރިޔަށް ގެންގޮސް، ނައިބުރައީސަކު ހޮވުމަށް ބޭއްވުނު އިންތިޚާބުގެ ހަތަރުވަނަބުރު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ، ކުރެންދޫ ދާއިރާގެ މެމްބަރ އަލްފާޟިލް އިބްރާހީމް ސިމާއު ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނައިބުރައީސްގެ މަޤާމަށް އިންތިޚާބު ކުރެވުނެވެ. (މި އިންތިޚާބުގައި، ކުރެންދޫ ދާއިރާގެ މެމްބަރ އަލްފާޟިލް އިބްރާހީމް ސިމާއު އަށް ލިބިވަޑައިގަތީ 03 ވޯޓެވެ. ހިންނަވަރު ދާއިރާގެ މެމްބަރ އަލްފާޟިލް ޙަސަން ޝާފިޢު އަށް ލިބިވަޑައިގަތީ 02 ވޯޓެވެ.)