މިދަންނަވާ ކަންތައްތައް، 04 ނޮވެމްބަރ 2021 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 30/2021 ވަނަ ޢާއްމު ޖަލްސާ (4 ވަނަ ދައުރުގެ 22 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

1-  ޅ. ނައިފަރު ނަގިލިޖެހިގެ ނިޢުމާ މުޙައްމަދުފުޅާއި، ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާއާއި ދެމެދު، 08 ނޮވެމްބަރ 2018ގައި ވެވިފައިވާ އެއްބަސްވުމުގެދަށުން ކުއްޔަށް ދޫކޮށްފައިވާ “އަތޮޅުރަށްވެހިގެ 1″ އެފަރާތުން ދޫކޮށްލިއިރު، ތަނުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ މިހާރު ބާކީއޮތް، -/17565 (ސަތާރަހާސް ފަސްސަތޭކަ ފަންސަހައްޓި) ރުފިޔާ ދެއްކުމަށް، 3 މަސްދުވަހުގެ މުހުލަތެއް ދީ، އަދި މިފައިސާ 3 މަހަށް ބަހާލުމުން މަހަކަށް ޖެހޭވަރު -/5855 (ފަސްހާސް އަށްސަތޭކަ ފަންސަވަންނަ) ރުފިޔާ، ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން އަތޮޅު ކައުންސިލަށް ދައްކައި ޚަލާޞް ކުރުމަށް، ކުއްޔަށްހިފި ފަރާތަށް ލިޔުމަކުން އެންގުމަށް ފެންނަ ކަމަށާއި، އަދި މިގޮތުން ފައިސާ ދައްކަން އެންގުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، ފައިސާ ނުދައްކާ ފުރަތަމަ މަހުވެސް އިތުރު ފުރުޞަތެއް ދިނުމަކާއި ނުލައި، މައްސަލަ ޝަރީޢަތަށް ފޮނުވޭނެކަންވެސް  މި ލިޔުމުގައި ހިމެނުމަށް ފެންނަކަމަށް” ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.