މިދަންނަވާ ކަންތައްތައް، 25 ނޮވެމްބަރ 2021 ގައި ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 31/2021 ވަނަ ޢާއްމު ޖަލްސާ (4 ވަނަ ދައުރުގެ 23 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

1- ސިވިލް ސަރވިސްގެ އިދާރާތަކަށް ހުށަހެޅޭ ޝަކުވާތަކަށް ޖަވާބުދާރީވުމުގެ މިންގަނޑުތައް ރިވައިސްކޮށް، ސަރވިސް ޗާރޓަރުތައް އަލުން އެކުލަވާލުމަށް، ސިވިސް ސަރވިސް ކޮމިޝަނުން އަންގަވާފައިވުމާއެކު، ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާއިން އެކުލަވާލެވުނު “ސަރވިސް ޗާރޓަރ” ފާސްކޮށްދެއްވުން އެދި ހުށަހަޅުއްވާފައިވާ މައްސަލާގައި، ސާރވިސް ޗާޓަރ މިހާރު އެކުލަވާލެވިފައިވާގޮތަށް  ފާސްކުރުމަށް ފެންނަކަމަށް ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.

2- ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް އަބޫބަކުރު ޢާދިލް މޫސާއަށް، ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގެ އެކައުންޓްތައް އޮޕަރޭޓްކުރުމުގެ ހުއްދަ ދެއްވައި، 2 ޤަރާރު ފާސްކޮށްދެއްވުން އެދި، ހުށަހަޅުއްވާފައިވާ މައްސަލާގައި، ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގެ އެކައުންޓްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ ދިނުމުގެ ޤަރާރު (ޤަރާރު ނަންބަރު-1) ގައި ބަޔާން ކޮށްފައިވާ 4 އެކައުންޓާއި، އަދި، ޅ.އަތޮޅު ރައްޔިތުންގެ 2 ފަންޑު އޮޕަރޭޓް ކުރުމުގެ ހުއްދަ ދިނުމުގެ ޤަރާރު (ޤަރާރު ނަންބަރު-2) ގައި ބަޔާންކުރައްވާފައިވާ 2 އެކައުންޓް  އޮޕަރޭޓަރ ކުރުމުގެ ހުއްދަ، އަތޮޅު ކައުންސިލް އިދާރާގެ ސެކްރެޓަރި ޖެނެރަލް އަބޫބަކުރު ޢާދިލް މޫސާއަށްދީ، މި 2 ޤަރާރު  މިހާރު ލިޔެފައިވާ ގޮތަށް ފާސްކުރަން ފެންނަކަމަށް، ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.