މިދަންނަވާ ކަންތައްތައް، 30 ނޮވެމްބަރ 2021 ގައި ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 32/2021 ވަނަ ޢާއްމު ޖަލްސާ (4 ވަނަ ދައުރުގެ 24 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

1- ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 2-107 (ހ) ގެ ދަށުން އަލަށް އެކުލަވާލެވުނު ކައުންސިލްތަކުގެ އިންތިޚާބަށްފަހު، ޤާނޫނުގައިވާ ގޮތުގެމަތިން ކުރިޔަށް އޮތް 5 އަހަރު ދުވަހަށް ފާދިއްޕޮޅު އަތޮޅުކައުންސިލުން ޑްރާފްޓްކޮށްފައިވާ ތަރައްޤީ ޕްލޭނާއި، ފައިނޭންޝަލް ޕްލޭން ހުށަހަޅާފައިވާގޮތަށް ފާސްކުރުމަށް ފެންނަކަމަށް، ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.