މިދަންނަވާ ކަންތައްތައް، 06 ޖެނުއަރީ 2022 ގައި ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 1/2022 ވަނަ ޢާއްމު ޖަލްސާ (4 ވަނަ ދައުރުގެ 27 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

 ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2022 ވަނަ އަހަރުގެ މަސައްކަތު ތާވަލް ހުށަހެޅިފައިވާ އިޞްލާޙްތަކާއެކު ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 96 ވަނަ މާއްދާގެދަށުން، ކައުންސިލަށް ލިބޭ އާމްދަނީއާއި، އެކިގޮތްގޮތުން ލިބޭ އެހީއާއި، ނަގާ ލޯނަށް ބަލައިގެން 2022 ވަނަ އަހަރަށް ފާދިއްޕޮޅު އަތޮޅުކައުންސިލުން ތައްޔާރުކުރި ބަޖެޓް ރިކަރެންޓް ޚަރަދުގެ ގޮތުގައި 8,680,643.00 (އަށްމިލިއަން ހަސަތޭކަ އަށްޑިހަހާސް ހަސަތޭކަ ސާޅީސްތިން ރުފިޔާ) ކެޕިޓަލް ޚަރަދުގެ ގޮތުގައި  2,972,000(ދެމިލިއަން ނުވަސަތޭކަ ހަތްދިހަދެހާސް ރުފިޔާ) ޖުމްލަ   11,652,463(އެގާރަމިލިއަން ހަސަތޭކަ ފަންސާސްދެހާސް ހަސަތޭކަ ސާޅީސްތިން ރުފިޔާ) ގެ ބަޖެޓް، މަސައްކަތު ތާވަލަށް ހުށަހެޅުނު އިޞްލާޙްތަކާއެކު ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.

ޅ. އަތޮޅަށް ޚާއްޞަކޮށްގެން ކުޅިވަރު ޙަރަކާތްތައް ހިންގުމަށް “ޅަވިޔަނި ސްޕޯޓްސް އެސޯސިއޭޝަން” މި ނަން ބޭނުންކުރުމަށް މިކައުންސިލްގެ ހުއްދައަށް އެދިފައިވީނަމަވެސް، މިނަން ބޭނުންކުރުމުގެ ހުއްދަ ދިނުމާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމަން ފެންނަނީ މި އެސޯސިއޭޝަން ރަޖިސްޓްރީކުރުމަށް ކަމާބެހޭ މިނިސްޓްރީއަށް ހުށަހަޅުމުން އެމިނިސްޓްރީއިން މިކައުންސިލްގެ ބަހެއް ބޭނުންވާކަމަށް އެދިވަޑައިގެންފި ޙާލަތެއްގައި ކަމަށާއި، އެހެންކަމުން އެފަރާތުން ކަމާބެހޭ މިނިސްޓްރީއަށް އެސޯސިއޭޝަން ރަޖިސްޓްރީކުރުމުގެ މައްސަލަ ހުށަހަޅާގެން ކުރިޔަށް ދިއުމަށް ޅ. ނައިފަރު ދާވިޔާގެ އަނަސް ޢަބްދުﷲ އަށް އިދާރީގޮތުން ޖަވާބުދޭން ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.