މިދަންނަވާ ކަންތައްތައް، 12 މެއި 2022 ގައި ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 4/2022 ވަނަ ޢާއްމު ޖަލްސާ (4 ވަނަ ދައުރުގެ 30 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ފާދިއްޕޮޅުގެ ސަރަޙައްދެއްގައި އިތުރު ކަނދުފައްޗެއް އެޅޭނެގޮތްވޭތޯ ބައްލަވާދެއްވުންއެދި ނައިފަރުގެ މަސްވެރިން އެދިލައްވާ މައްސަލާގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު އަޅުއްވައި ދެއްވާފައިވާ ކަނދުފަތިތަކުގެ ބޭރުން، މަސްވެރިންގެ އެދުމުގެމަތިން ބައެއް ސަރަޙައްދުތަކުގައި އިތުރު ކަނދުފަތިތައް ސަރުކާރުން އަޅުއްވައިދެއްވަމުން ގެންދަވާއިރު، ޅ. އަތޮޅަކީ މަސްވެރި އުޅަނދު ގިނަ އަދި ގިނަ މަސްވެރިންތަކެއް ދިރިއުޅެމުންދާ އާބާދީއަކަށްވެފައި، މިސަރަޙައްދުގައި މަސްވެރިކަން ކުރުމަށްޓަކައި އަތޮޅާއި ކައިރީގައި އަޅާފައިވާ ކަނދުފަތިތަކުގެ އިތުރުން، މިހާރު ހުރި ކަނދުފަތިތަކުގެ ބޭރުން 05’38.700N 074’05.160E (Deg Min) , 05,25.900N 074,08,150E (Deg Min) , 05’19.900N 074’09.300E (Deg Min) ދެންނެވިފައިވާ ޕޮޒިޝަންތަކުގައި އިތުރު ކަނދުފަތިތައް އަޅައިދިނުމަކީ މުހިއްމު ކަމެއް ކަމުގައި ކައުންސިލުން ދެކޭތީ، މިފަދަ ކަނދުފަތިތައް އެޅުމަށް މިނިސްޓްރީން ގެންގުޅުއްވާ އުޞޫލުތަކާއި އެއްގޮތަށް ކަނޑު މަސްވެރިކަމުގެ ކަނދުފަތި އަޅާދެއްވުމަށްއެދި  މިނިސްޓްރީ އޮފް ފިޝަރީޒްއަށް ދެންނެވުމަށާއި އަދި މީގެއިތުރުން، މިއަތޮޅަކީ ފަރުމަހުގެ މަސްވެރިކަންވެސް ކުރަމުންދާ އަތޮޅަކަށްވެފައި، ޅ. އަތޮޅަކީ ރާއްޖޭގެ ނިސްބަތުންވެސް މިވަގުތު ޓުއަރިޒަމްގެ ގިނަ ޙަރަކާތްތަކެއް ކުރިޔަށްގެންދާ އަތޮޅަކަށް ވުމާއި، ލޯކަލް ޓުއަރިޒަމްގެ މަސައްކަތްތައްވެސް އަތޮޅުގެ ހުރިހާ ރަށެއްގައި ވަރަށް ހަލުވިކަމާއެކު ފުޅާވަމުން އަންނާތީ އާއި ކުދި އުޅަނދުފަހަރާއި، ލޯންޗްފަހަރުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް އަތޮޅާއި ކައިރިން މަސްވެރިކަން ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މިނިސްޓްރީން މިހާރު ފަރުމަހުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން އަޅަމުންދާ ޖިގިންގ ކަނދުފަތި ޅ. އަތޮޅުގައިވެސް އަޅައިދިނުމަށް އެދި ދެންނެވުމަށާއި، މިހާރު ކަނޑައިގެން ގޮސްފައިވާ ފާދޫ ކަނދުފަތި ވީ އެންމެ އަވަސް ފުރުޞަތެއްގައި އަޅުއްވާދެއްވުން އެދި މިނިސްޓްރީ އޮފް ފިޝަރީޒްގައި ދެންނެވުމަށް ފެންނަކަމަށް، ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.

ފާދިއްޕޮޅު އަތޮޅުކައުންސިލްގެ ރައީސް ޔާސީން ޢަބްދުﷲ އަށް އަހަރީ ޗުއްޓީ 20 ދުވަސް ލިބުމަށްއެދި ހުށަހަޅުއްވާފައިވާ މައްސަލާގައި، 16 މެއި 2022 އިން ފެށިގެން އަހަރީ ޗުއްޓީ 20 ދުވަސް ޔާސީން ޢަބްދުﷲ އަށް ދިނުމަށް ފެންނަކަމަށް، ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.

ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް އަބޫބަކުރު ޢާދިލް މޫސާ ، 2 މަސްދުވަހުގެ މުސާރަ ނުލިބޭ ޗުއްޓީގައި ހުންނެވުމާއި ގުޅިގެން، ސެކްރެޓަރީ  ޖެނެރަލްގެ މަސްއޫލިއްޔަތު ޙަވާލުކުރާނެ ފަރާތެއް ހަމަޖައްސަވައިދެއްވުމަށްއެދި ހުށަހަޅުއްވާފައިވާ މައްސަލާގައި، ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނަރަލް ނެތިއްޖެ ޙާލަތްތަކުގައި، ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ޙަވާލުކުރާ ފަރާތްތަކުގެ ގޮތުގައި ކައުންސިލް އިދާރާގެ ޙައިރާކީގެ ދަށުން ސީނިއަރ ކައުންސިލް އެގްޒެކެޓިވް މުޙައްމަދު އަޙްމަދުފުޅާއި ޙަވާލު ކުރުމަށާއި، އެފަރާތް ނެތިއްޖެ ޙާލަތެއްގައި ކައުންސިލް އެގްޒެކެޓިވް އަޙްމަދު ޙުސައިން، ނުވަތަ އެވަގުތު އެންމެ އިސް މަޤާމެއްގައި ހުރި މުވައްޒަފަކާއި ޙަވާލުކުރުމަށް ފެންނަކަމަށް، ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.