މިދަންނަވާ ކަންތައްތައް، 15 މެއި 2022 ގައި ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2/2022 ވަނަ ކުއްލި ޖަލްސާ (4 ވަނަ ދައުރުގެ 6 ވަނަ ކުއްލި ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ރައީސް އާއި ނާއިބު ރައީސް ޗުއްޓީއަށް ދާ ޙާލަތްތަކުގައި ކައުންސިލް ހިންގުމާއި ވަގުތީ ގޮތުން ޙަވާލުވާ ކައުންސިލަރެއް ކައުންސިލުން ކަނޑައަޅާދެއްވުން އެދި ހުށަހަޅާފައިވާ މައްސަލާގައި ކައުންސިލްގެ ރައީސް އަދި ނައިބުރައީސް ޗުއްޓީއަށް ދާ ޙާލަތްތަކުގައި ކައުންސިލް ހިންގުމާއި ވަގުތީގޮތުން ޙަވާލުވާނެ ކައުންސިލަރުން އަންނަވި ތަރުތީބުން ކަނޑައެޅުމަށް ފެންނަކަމަށް ނިންމުން.

ރައީސް އަދި ނައިބު ރައީސް ޗުއްޓީގައި ހުންނަ ޙާލަތުގައި އޮފީސް ހިންގުމާއި ޙަވާލުވެލައްވާނީ:

ކުރެންދޫ ކައުންސިލްގެ ރައީސް، އިސްމާޢީލް މަދީޙް

ހިންނަވަރު ކައުންސިލްގެ ރައީސް، ޙަސަން ޝާފިޢު (ކުރެންދޫ ކައުންސިލްގެ ރައީސް ނެތް ޙާލަތެއްގައި)

އޮޅުވެލިފުށީ ކައުންސިލްގެ ރައީސް، މުޙައްމަދު ޢާޡިމް (ހިންނަވަރު ކައުންސިލްގެ ރައީސް ނެތް ޙާލަތެއްގައި)