މިދަންނަވާ ކަންތައްތައް، 12 ޖޫން 2022 ގައި ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 6/2022 ވަނަ ޢާއްމު ޖަލްސާ (4 ވަނަ ދައުރުގެ 32 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ކައުންސިލްގެ 2022 ވަނަ އަހަރުގެ 5 ވަނަ ޢާންމު ޖަލްސާ (4 ވަނަ ދައުރުގެ 31 ވަނަ ޖަލްސާ) އިން ނިންމާފައިވާ ގޮތުގެ މަތިން، ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާއާއި، ފާދިއްޕޮޅު އަތޮޅުގޭގެ ސެކިއުރިޓީ ބެލެހެއްޓުން މިހާރާށްވުރެ ރައްކާތެރިކަމާއި، ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސް ކުރަން ފެންނަކަމަށާއި، ސެކިއުރިޓީ އައުޓްސޯސް ކުރުމަށް ހުޅުވާލުމުގެ ކުރިން، އިޢުލާނާއި، ސަޕޯޓިން ޑޮކިއުމަންޓްސް ކައުންސިލަށް ވައްދައިގެން ފާސްކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ، ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާއާއި، ފާދިއްޕޮޅު އަތޮޅުގޭގެ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސް ކުރުމަށް ތައްޔާރު ކުރެވިފައިވާ އިޢުލާނާއި، މަޢުލޫމާތު ކަރުދާހަށް ގެނެވުނު އިސްލާޙުތަކާއިއެކު ފާސްކުރަން ފެންނަކަމަށް، ނިންމުން.