މިދަންނަވާ ކަންތައްތައް، 23 ޖޫން 2022 ގައި ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 7/2022 ވަނަ ޢާއްމު ޖަލްސާ (4 ވަނަ ދައުރުގެ 33 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލް އިދާރާއިން ކުރިޔަށްގެންދިއުމަށް ހަމަޖައްސާފައިވާ ރަށުތެރެ ސާފުކޮށް މަދިރިއާލާވާ ތަންތަން ނައްތާލުމުގެ ޕްރޮގްރާމަށް އެހީ ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން މިފަދަ ޙަރަކާތެއް ހިންގުމަށް ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ މަސައްކަތު ތާވަލްގައި އެއްވެސް ޙަރަކާތެއް ހިމެނި ބަޖެޓްކުރެވިފައި ނުވާތީ، މިޙަރަކާތަށް އެހީދޭން ނުފެންނަކަމަށް، ނިންމުން.