މިދަންނަވާ ކަންތައްތައް، 04 އޮގަސްޓް 2022 ފާދިއްޕޮޅު އަތޮޅު ކައުންސިލްގައި (ވަރޗުއަލްކޮށް) ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 10/2022 ވަނަ ޢާއްމު ޖަލްސާ (4 ވަނަ ދައުރުގެ 36 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ރާއްޖޭގެ ރަށްތަކަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމަށް އެހީތެރިވެ ދިނުމުގެ ގޮތުން ޒޯން 2 (ނ،ރ،ބ،ޅ އަތޮޅު) ޒޯން (މ،ފ، އަދި ދ އަތޮޅު) އަދި ޒޯން 5 (ތ އަދި ލ) ހިމެނޭ ސަރަޙައްދައް އަމާޒުކޮށްގެން ވަރލްޑް ބޭންކްގެ ހިލޭ އެހީއާއި ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން މިނސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ފަރާތުން ބާއްވާ އަތޮޅު ފެންވަރުގެ ކޮމިއުނިޓީ އެންގޭޖްމަންޓް ކޯރޑިނޭޓަރުން ހޮވަން ފެންނަކަމަށް،ޖަލްސާގެ އިއްތިފާގުން ފާސްވުން.

ޅ. ޓާޓުލް ފެސްޓިވަލް 2022 އަށް އެހީ ހޯދުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލާގައި ގޮތެއް ނިންމުމުގެ ކުރިން އިތުރަށް މަޝްވަރާ ކުރުމަށްފަހު، މިމައްސަލައާ މެދު މި ޖަލްސާގައި ގޮތެއް ކަނޑައެޅުމުގެ ބަދަލުގައި ކުރިޔަށްއޮތް އެހެން ކައުންސިލްގެ ބައްދަލުވުމަކަށް މިމައްސަލަ އެޖެންޑާކޮށްގެން ކުރިޔަށް ގެންދަން ފެންނަކަމަށް ނިންމުން.