މިދަންނަވާ ކަންތައްތައް، 28 އޮގަސްޓް 2022 ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގައި ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 14/2022 ވަނަ ޢާއްމު ޖަލްސާ (4 ވަނަ ދައުރުގެ 40 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.
2022 ން 2026 އަށް ތައްޔާރު ކޮށްފައިވާ ފާދިއްޕޮޅު ތަރައްގީ ޕްލޭންއަށް ފުރަތަމަ އިސްލާހުގެނެސް ފާސްކުރަން ފެންނަކަމަށް، ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2023 ވަނަ އަހަރަށް ލަފާކޮށް ތައްޔާރުކޮށްފައިވާ މަސައްކަތު ތާވަލްއަށް އެކްޓިވިޓީއެއް އިތުރުކޮށް (އެކްޓިވިޓީ ނަންބަރު 11.1.3 އިތުރުކޮށް)، އެ އެކްޓިވިޓީގެ ބަޖެޓެއްގެ ގޮތުގައި 40000 (ސާޅީސްހާސް ރުފިޔާ) ހިމަނައި، މިއިސްލާހާއިއެކު މަސައްކަތު ތާވަލް ފާސްކުރަން ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިނަގުމުގެ ޤާނޫނު، 2010/7 ގައިވާގޮތުގެމަތިން 2023 ވަނަ އަހަރަށް ލަފާކުރާ ޅ.އަތޮޅު ކައުންސިލް އިދާރާގެ ބަޖެޓް؛ ރިކަރެންޓް ޚަރަދުގެ ގޮތުގައި 10,016,532 (ދިހަ މިލިއަން ސޯޅަހާސް ފަސްސަތޭކަ ތިރީސް ދެރުފިޔާ) އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 4,595,500 (ހަތަރު މިލިއަން ފަސް ލައްކަ ނުވަދިހަ ފަސްހާސް ފަސްސަތޭކަ ރުފިޔާ) މުޅިޖުމްލަ 14,612,032 (ސާދަ މިލިއަން ހަލައްކަ ބާރަހާސް ތިރީސް ދެރުފިޔާ) ފާސްކުރަން ފެންނަކަމަށް، ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.
ފަހުގެ ލިއުންތައް
- 2024 މާރޗް މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (މާރޗް 2024)
- 2024 ފެބުރުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (ފެބުރުއަރީ 2024)
- 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުން ބޭއްވި ކައުންސިލްތައް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ފެބުރުއަރީ 2024
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޖެނުއަރީ 2024
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ޖެނުއަރީ، ފެބުރުއަރީ 2024)
- 2024 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- 2024 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅި ކައުންސިލްތައް