މިދަންނަވާ ކަންތައްތައް، 24 އޮގަސްޓް 2022 ފާދިއްޕޮޅު އަތޮޅު ކައުންސިލްގައި (ވަރޗުއަލްކޮށް) ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 13/2022 ވަނަ ޢާއްމު ޖަލްސާ (4 ވަނަ ދައުރުގެ 39 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ޅ. ނައިފަރު ވާރޭވިލާ ޙަމްދާ މުޙައްމަދު މި ކައުންސިލުން ނަގާފައިވާ ލޯނުގެ ރިޕޭމަންޓް، ޕީ.އެޗް.ޑީ ގެ 3 އަހަރު ނިމެންދެން މަހުން މަހަށް ނުދައްކާގޮތަށް މަޑުޖައްސާލުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން، މިހާރު އޮތް އުސޫލުގެ ތެރެއިން ލުއި ގޮތެއް އޮތްތޯ ކައުންސިލް އިދާރާއިން އިތުރަށް ބެލުމާއި މިފަދަ މައްސަލަތަކަށް ލުއިގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން އުސޫލަށް އިސްލާހް ގެނެވޭނެ ގޮތްތަކެއް ހޯދުމަށް، އިދާރީ ގޮތުން އަދި ކައުންސިލް ލެވެލްގަ މަޝްވަރާކޮށްގެން ކުރިޔަށްއޮތް އެހެން ކައުންސިލްގެ ބައްދަލުވުމަކަށް މިމައްސަލަ އެޖެންޑާކޮށްގެން ކުރިޔަށް ގެންދަން ފެންނަކަމަށް، ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.