މިދަންނަވާ ކަންތައްތައް، 22 ސެޕްޓެންބަރު 2022 ފާދިއްޕޮޅު އަތޮޅު ކައުންސިލްގަ) ވަރޗުއަލްކޮށް) ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 17/2022 ވަނަ ޢާއްމު ޖަލްސާ (4 ވަނަ ދައުރުގެ 43 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ނަންބަރު: 221-LMI/2022/304 (5 ސެޕްޓެމްބަރ 2022) ސިޓީއިން ފޮނުއްވާފައިވާ އަތޮޅު ކައުންސިލްގެ ހިންގާ ޤަވާއިދުގެ ދެލި ކޮޕީ އާއި އެއްގޮތަށް އެ ޓެމްޕްލޭޓްގަ ހުރި ބައިތަށް އިތުރުކޮށް، ‘ފާދިއްޕޮޅު އަތޮޅުކައުންސިލްގެ ހިންގާ ޤަވާޢިދު’ އިސްލާހުކޮށް، ކުރިޔަށްއޮތް އެހެން ކައުންސިލްގެ ބައްދަލުވުމަކަށް މިމައްސަލަ އެޖެންޑާކޮށްގެން ކުރިޔަށް ގެންދަން ފެންނަކަމަށް، ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.