މިދަންނަވާ ކަންތައްތައް، 26 ސެޕްޓެންބަރު 2022 ފާދިއްޕޮޅު އަތޮޅު ކައުންސިލްގަ) ވަރޗުއަލްކޮށް) ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 3/2022 ވަނަ ކުއްލި ޖަލްސާ (4 ވަނަ ދައުރުގެ 07 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022ގެ ފަރިއްކޮޅުގެ އިންތިޒާމް ހަމަޖެއްސުމަށް މަދްރަސަތުލް އިފްތިތާޙުގެ ޕީޓީއޭއިން ޝައުޤުވެރިވާ ކަމަށް މަދްރަސަތުލް އިފްތިތާޙުން އެދިލައްވާފައިވާތީ އެކަމަށް ކައުންސިލުގެ އިދާރާއިން ކަނޑައަޅާ މެނޫއަކަށް، ކައުންސިލުން މިހާރު ބަޖެޓްކޮށްފައިވާ 24000 ރުފިޔާއިން އެމަސައްކަތް ކޮށްދެވޭނެނަމަ އެމަސައްކަތް މަދްރަސަތުލް އިފްތިތާޙުއާއި ޙަވާލުކުރުމަށް ފެންނަކަމަށް، ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.