މިދަންނަވާ ކަންތައްތައް، 10 އޮކްޓޯބަރ 2022 ފާދިއްޕޮޅު އަތޮޅު ކައުންސިލްގަ) ވަރޗުއަލްކޮށް) ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 4/2022 ވަނަ ކުއްލި ޖަލްސާ (4 ވަނަ ދައުރުގެ 08 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

2022 ވަނަ އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފާދިއްޕޮޅު އަތޮޅު ކައުންސިލާއި ގުޅިގެން ހަރަކާތްތަކެއް ހިންގުމަށް ޝައުގެވެރިވެލައްވާ، ސްކޫލްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލެވުނު ފުރުސަތުގައި ޅ. އަތޮޅުގެ 4 ސްކޫލުންވެސް ޝައުގުވެރިކަން ފާޅުކުރަށްވާ އެހީއަށް އެދި ހުށަހަޅުއްވާފައިވާތީ ސްކޫލްތަކުން ހިންގަން ކަނޑައަޅާ ޙަރަކާތުގެ ޚަރަދުތަކަށް ރަމްޒީ އެހީއެއްގެ ގޮތުގައި -/7000 (ހަތްހާސް ރުފިޔާ) ފައިސާގެ އެހީއެއް އަތޮޅުގެ ކޮންމެ ސްކޫލަކަށް ދޭން ފެންނަކަމަށް، ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.