މިދަންނަވާ ކަންތައްތައް، 26 އޮކްޓޯބަރ 2022 ފާދިއްޕޮޅު އަތޮޅު ކައުންސިލްގަ) ވަރޗުއަލްކޮށް) ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 20/2022 ވަނަ ޢާއްމު ޖަލްސާ (4 ވަނަ ދައުރުގެ 46 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ސަލާމް ލޯންޗް  މަރާމާތުކުރުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި ހުށަހަޅާފައިވާ މައްސަލާގައި، ލޯންޗް މަރާމާތުކުރުމަށް ކަނޑައެޅިފައިވާ ބަޖެޓުގެ ތެރެއިން އިންޖީން ސަރވިސްކުރުމާއި، ލޯންޗް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ، ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމެނިގެން ހިންގުމަށް މިހާރު ކަނޑައެޅިފައިވާ ފުޓުބޯޅަ މުބާރާތް 14 ޑިސެމްބަރ 2022 ށް 20 ޑިސެމްބަރ 2022 ށް ނައިފަރުގައި ބޭއްވުމަށް ފެންނަކަމަށް، ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.

ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ގައި ބައިވެރިވި މުއައްސަސާތަކާއި އެކު ނިންމާފައިވާ ކަންތައްތަކާއިމެދު ކައުންސިލުން ގޮތެއް ނިންމަވައި ދެއްވުން އެދި ހުށަހަޅާ މައްސަލާގައި މަޙާސިންތާގައި ނިންމުނު ކަންތައްތަކާއި ގުޅިގެން ކޮންސެޕްޓް ޕޭޕަރ ތައްޔާރުކޮށް ހުށަހެޅުއްވުމަށް ފެންނަކަމަށް ، ފެންނަކަމަށް ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.