މިދަންނަވާ ކަންތައްތައް، 29 ޑިސެމްބަރ 2022 ފާދިއްޕޮޅު އަތޮޅު ކައުންސިލްގައި (ވަރޗުއަލްކޮށް) ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 24/2022 ވަނަ ޢާއްމު ޖަލްސާ (4 ވަނަ ދައުރުގެ 50 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ޅ.ނައިފަރު / ހުޅަނގުގޭ އާދަމް މުޙައްމަދުފުޅާއި މިއިދާރާއާއި ދެމެދު އިންޖީން ސާރވިސް ސެންޓަރ ކުއްޔަށް ދޫކުރުމަށް 19 ޖެނުއަރީ 2015 ގައި ވެވިފައިވާ އެއްބަސްވުން، އާދަމް މުޙައްމަދުފުޅު ނިޔާވުމާއި ގުޅިގެން އެމަރުޙޫމްގެ ފިރިހެން ދަރިފުޅު، މުޙައްމަދު ހާއިލްގެ މައްޗަށް އެއްބަސްވުން ބަދަލުކުރުމަށް ފެންނަކަމަށާއި، އަދި މިހާރު ކައުންސިލްގެ ޖަލްސާއަށް ހުށަހަޅާފައިވާ ޑްރާފްޓް އެއްބަސްވުމުގެ 16 ވަނަ މާއްދާއަށް އަކުރެއް (ށ) އިތުރު ކުރުމަށް ފެންނަކަމަށް، ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.

16 ވަނަ މާއްދާއަށް އިތުރުކުރެވުނު އަކުރު:

(ށ) އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު”ގެ 12 ވަނަ މާއްދާގެ (3) ވަނަ ނަމްބަރުގައި ބަޔާންކުރާފަދަ ވިޔަފާރިއެއް ހިންގާކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ކައުންސިލަށް ސާބިތުވެއްޖެ ހިނދެއްގައި ކޮންޓްރެކްޓް އުވާލައި، ޢިމާރާތް އަތުލުމުގެބާރު ވެރިފަރާތަށް ލިބިގެންވެއެވެ. މިގޮތުން ޢިމާރާތް އަތުލާއިރު، ކުއްޔަށް ހިފި ފަރާތުން ތަނުގައި ކޮށްފައިވާ މަސައްކަތްތަކުގެ އަގު ދޭކަށް ނުޖެހޭނެއެވެ.