މިދަންނަވާ ކަންތައްތައް، 12 ޖެނުއަރީ 2023 ގައި ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 1/2023 ވަނަ ޢާއްމު ޖަލްސާ (4 ވަނަ ދައުރުގެ 51 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

1- ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2023 ވަނަ އަހަރުގެ މަސައްކަތު ތާވަލް ހުށަހެޅިފައިވާ އިޞްލާޙްތަކާއެކު ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.

2- ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 96 ވަނަ މާއްދާގެދަށުން، ކައުންސިލަށް ލިބޭ އާމްދަނީއާއި، އެކިގޮތްގޮތުން ލިބޭ އެހީއާއި، ނަގާ ލޯނަށް ބަލައިގެން 2023 ވަނަ އަހަރަށް ފާދިއްޕޮޅު އަތޮޅުކައުންސިލުން ތައްޔާރުކުރި ބަޖެޓް ރިކަރެންޓް ޚަރަދުގެ ގޮތުގައި 11,573,526.00 (އެގާރަ މިލިއަން ފަސްލައްކަ ތޭހަތްތަރިހާސް ފަސްސަތޭކަ ސައްބީސް ރުފިޔާ) ކެޕިޓަލް ޚަރަދުގެ ގޮތުގައި 4,025,200.00 (ހަތަރު މިލިއަން ފަންސަވީސްހާސް ދުއިސައްތަ ރުފިޔާ) ޖުމްލަ 15,598,726.00 (ފަނަރަ މިލިއަން ފަސްލައްކަ އަށުނަވައިހާސް ހަތްސަތޭކަ ސައްބީސް ރުފިޔާ) ގެ ބަޖެޓް،  މަސައްކަތު ތާވަލަށް ހުށަހެޅުނު އިޞްލާޙްތަކާއެކު ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.