މިދަންނަވާ ކަންތައްތައް، 19 ޖެނުއަރީ 2023 ގައި ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2/2023 ވަނަ ޢާއްމު ޖަލްސާ (4 ވަނަ ދައުރުގެ 52 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

1- ޅ. އަތޮޅު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށާއި، އަމިއްލަ ބޭނުންތަކަށް ވެލިނަގާނެތަންތަން ކަނޑައެޅުމުގެ މައްސަލަ ރަށު ކައުންސިލްތަކާއި ޙިއްޞާކޮށް އެފަރާތްތަކުގެ މަޝްވަރާއާއެކު ސަރަޙައްދުތައް ކަނޑައެޅުމަށް އަތޮޅު ކައުންސިލްގެ ޖަލްސާއަކަށް އަލުން އެޖެންޑާކުރުމަށް ފެންނަކަމަށް ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.

2- އެޕްރެންޓިސްޝިޕްގެ ޓްރެއިނިންގްގައި މަސައްކަތްކުރާ ޓްރެއިނީސް އަށް ދެވޭ އެލަވަންސްއާއި ގުޅިގެން ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2020 ވަނަ އަހަރުގެ 03 ވަނަ ޖަލްސާގެ އެޖެންޑާ 04 ގައިވާ މައްސަލައާއި ގުޅިގެން ނިންމާފައިވާ ނިންމުން ބާތިލްކޮށް، މިވަގުތު އެޕްރެންޓިސްޝިޕް ގައި އެއްވެސް މުވައްޒަފަކު މަސައްކަތްކުރަމުން ދާނަމަ، އެފަރާތަކާއެކު މިހާރު ހެދިފައިވާ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އުޖޫރަ އެފަރާތަށް ލިބޭމުންދާގޮތަށް އެއްބަސްވުން ކުރިޔަށް ގެންދިއުމަށާއި، މިޕްރޮގްރާމްގެ ދަށުން 2023 ވަނަ އަހަރުން ފެށިގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމްއަށް މުވައްޒަފުން ނަގާނަމަ، މި ޕްރޮގްރާމް ކުރިޔަށް ގެންދާނެގޮތުގެ ކޮންސެޕްޓް ޕޭޕަރއެއް އެކުލަވާލައި ކައުންސިލަށް ހުށަހެޅުމަށްފަހު ކައުންސިލްއިން ކަނޑައަޅާގޮތެއްގެމަތީން ކުރިޔަށް ގެންދިއުމަށް ފެންނަކަމަށް ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.

3- އެޖެންޑާ ނަމްބަރ 4 ( ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2023 ވަނަ އަހަރުގެ މަސައްކަތު ތާވަލްގައި ހިމެނިފައިވާ ޙަރަކާތްތަކުގެ ތެރެއިން ސްކޫލްތަކާއި، ރަށްރަށުގެ ކައުންސިލްތަކާ ގުޅޭ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ތާރީޚްތައް ކަނޑައެޅުމަށް ބޭނުންވާތީ ސްކޫލްތަކާ އަދި ކައުންސިލްތަކާ މަޝްވަރާ ކުރައްވައިގެން ކުރިޔަށްގެންދިއުމަށް ހުށަހަޅާފައިވާ މައްސަލަ)، ކައުންސިލްގެ ފިޒިކަލް ޖަލްސާއަކަށް އެޖެންޑާ ކޮށްގެން ކުރިއަށް ގެންދިއުމަށް ފެންނަކަމަށް ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.