މިދަންނަވާ ކަންތައްތައް، 15 މާރޗް 2023 ގައި ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 10/2023 ވަނަ ޢާއްމު ޖަލްސާ (4 ވަނަ ދައުރުގެ 10 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

 މިއިދާރާގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކުރަމުންދާ ފަރާތުގެ މުއްދަތު އިތުރު ކޮށްދެއްވުން އެދި ހުށައަޅުއްވާފައިވާ މައްސަލައިގައި މުއްދަތު ކުރިންވެސް 03 މަސްދުވަސް އިތުރުކޮށްދެވިފައިވާތީ، އިތުރަށް މުއްދަތު އިތުރުކޮށްދިނުމަކީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ  އިތުރު ފަރާތްތަކަށް ފުރުސަތު ހަނިވެގެންދާ ކަމެއްކަމަށް ވާތީ އެންމެ މަސްލަހަތުހުރި ގޮތަކީ އާއްމުކޮށް ފުރުސަތު ހުޅުވާލުން ކަމަށް ފެންނާތީ، އެފަރާތަށް މިއިދާރާގައި ފުރިހަމަކުރަމުންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މުއްދަތު 01 މަސްދުވަހަށް އިތުރުކޮށް، މިމުއްދަތުގެ ތެރޭގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމްއަށް އަލުން އިއުލާން ކުރުމަށް ފެންނަކަމަށް ނިންމުން.