މިދަންނަވާ ކަންތައްތައް، 11 މެއި 2023 ގައި ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 14/2023 ވަނަ އާއްމު ޖަލްސާ (4 ވަނަ ދައުރުގެ 64 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.  

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2023 ވަނަ އަހަރުގެ މަސައްކަތު ތާވަލްގައި ހިމެނިގެން ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ފަރާތުން “ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމް” ފުޓްބޯޅަ ކޯޗިންގް ކޭމްޕް ކުރިޔަށް ގެންދިއުމުގެ އެންމެހާ ކަންކަން ރަށުކައުންސިލްތަކާއި ޙަވާލުކޮށްގެން ކުރިޔަށް ގެންދިއުމަށް ނިންމުން.