ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ލޯގޯ، ދިދަ އަދި ޓީޝާޓް ކިޓް ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް އާއްމުކޮށް ހުޅުވައިލަމެވެ. މުބާރާތާއި ގުޅިގެން ހުށަހެޅޭ ޑިޒައިންތަކުގެތެރެއިން އެއްވަނައަށް ހޮވޭ ޑިޒައިނަކަށް 20,000 ރުފިޔާގެ ފައިސާ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ IUL)231-AH/231/2023/41 (22 މެއި 2023) ނަންބަރ އިޢުލާނާއި ގުޅިގެން ލިބިފައިވާ ޑިޒައިންތައް މަދު ކަމުގައިވާތީ މުއްދަތު އިތުރުކޮށް އިތުރު ޑިޒައިންތައް ހޯދުމުގެ ގޮތުން ދެވަނަ ފަހަރަށް ކުރެވޭ އިޢުލާނެވެ. މީގެ ކުރިން ކުރެވުނު އިޢުލާނާއި ގުޅިގެން ޑިޒައިން ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތައް މި އިޢުލާނާއި ގުޅިގެން ލިބޭ ހުށަހެޅުންތަކާއިއެކު އިވޭލުއޭޓް ކުރެވިގެން ދާނެއެވެ.

ޑިޒައިން ހުށަހެޅުމުގެ ސުންގަޑި އަކީ 31 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ޑިޒައިން ހުށަހަޅާނީ އީ-މެއިލް މެދުވެރިކޮށެވެ. އީ-މެއިލް ފޮނުވާނީ admin@lhaviyani.gov.mv އަށެވެ. މި މުބާރާތާއި ގުޅޭ މަޢުލޫމާތު އަދި ޑިޒައިން ހުށަހަޅަންޖެހޭ ގޮތުގެ ތަފްޞީލް މިއިޢުލާނާއި އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9185819 ނަންބަރ އަށް ގުޅުއްވުން އެދެމެވެ.

އިޢުލާން – ޑައުންލޯޑް
މަޢުލޫމާތު ކަރުދާސް – ޑައުންލޯޑް
އެޕްލިކޭޝަން ފޯމް – ޑައުންލޯޑް
އިއުތިރާޟު ނެތްކަމުގެ ލިޔުން (ސާމްޕަލް) – ޑައުންލޯޑް