މިދަންނަވާ ކަންތައްތައް، 20 ޖުލައި 2023 ގައި ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 19/2023 ވަނަ އާއްމު ޖަލްސާ (4 ވަނަ ދައުރުގެ 69 ވަނަ އާއްމު ޖަލްސާ) އިން ވަނީ ނިންމާފައެވެ.

1- މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ނައިފަރު ކަލެކްޝަން ސެންޓަރު ޤާއިމްކޮށް ހިންގަމުންގެންދާ މިއިދާރާގެ ޢިމާރާތް ހުސްކޮށް ޙަވާލުކުރުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމުން.