މިދަންނަވާ ކަންތައްތައް، 28 އޮގަސްޓް 2023 ގައި ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 21/2023 ވަނަ އާއްމު ޖަލްސާ (4 ވަނަ ދައުރުގެ 71 ވަނަ އާއްމު ޖަލްސާ) އިން ވަނީ ނިންމާފައެވެ.

 ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2024 ވަނަ އަހަރަށް ލަފާކޮށް ތައްޔާރުކޮށްފައިވާ މަސައްކަތު ތާވަލް ފާސްކުރުން.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު، 2010/7 ގައިވާގޮތުގެ މަތިން 2024 ން 2026 އަށް ލަފާކުރާ މެދުރާސްތާ ބަޖެޓް ފާސްކުރުން (ރިކަރެންޓް ޚަރަދުގެ ގޮތުގައި 12,799,052ރ (ބާރަ މިލިއަން ހަތްލައްކަ ނުވަދިހަ ނުވަހާސް ފަންސާސް ދެ ރުފިޔާ) އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3,981,000ރ (ތިން މިލިއަން ނުވަ ލައްކަ އަށްޑިހަ އެއްހާސް ރުފިޔާ) މުޅިޖުމްލަ 16,780,052ރ (ސޯޅަ މިލިއަން ހަތްލައްކަ އަށްޑިހަ ހާސް ފަންސާސް ދެރުފިޔާ) ފާސްކުރުން)

“ފާދިއްޕޮޅު އެވޯރޑް ޙަފްލާ 2023” ގެ އުސޫލާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އެންމެ އަވަހަށް ބޭއްވޭ ފިޒިކަލް ޖަލްސާއަކަށް އެޖެންޑާ ކުރުމަށް ނިންމުން.