މިދަންނަވާ ކަންތައްތައް، 02 ނޮވެމްބަރ 2023 ގައި ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 25/2023 ވަނަ އާއްމު ޖަލްސާ (4 ވަނަ ދައުރުގެ 75 ވަނަ އާއްމު ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ޅ.މާބިންހުރާގައި ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީ.އެމް.އޭ) ގެ ފަރާތުން ސީޕްލޭން އޮޕަރޭޓް ކުރުމުގެ ހުއްދަ ހޯދުމަށް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ “ނޯ އޮބްޖެކްޝަން ލެޓަރ” ދޫކުރުމަށް ނިންމުން.

މިއިދާރާއިން ދެމުން ގެންދާ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި، ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ހަމަޖެއްސުމާއި، މިހާރު ހުށަހަޅާފައިވާ އުޖޫރަ ހަމަޖެއްސުމަށް ފެންނަކަމަށާއި ކަނޑު އުޅަނދު ލައިސަންސް ޚިދުމަތުގެ އިދާރީ ފީ ގެ ގޮތުގައި 200/- ރ ހަމަޖެއްސުމަށް ނިންމުން.