ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 30 ވަނަ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން
19 November 2023
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 30 ވަނަ ޤުރްޢާން މުބާރާތުގައި ބައިވެރިވުމާއި ނަން ހުށަހެޅުމުގެ މުއްދަތު 23 ނޮވެމްބަރ 2023 ގެ 14:00 އަށް އިތުރުކުރީމެވެ. މި މުބާރާތް ހުޅުވާލެވިފައިވަނީ ޅ.އަތޮޅު ސުކޫލް/މަދުރަސާތަކަށާއި، މުއައްސަސާތަކަށާއި (ރަޖިސްޓްރީކޮށްފައިވާ ޤުރުއާން ކުލާސްތައް އަދި ކްލަބް ޖަމްޢިއްޔާތައް) އަދި ޙާފިޡުންނަށެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ، 2023 ޑިސެމްބަރ 14،15،16 މިދުވަސްތަކުގައި ޅ.ކުރެންދޫގައެވެ.
މުއައްސަސާތަކުން ބައިވެރިވާ ސްކޫލް ކުދިންނަށް އެކުދިން ބޭނުންވާނަމަ ސްކޫލްތަކުގެ މުޤައްރަރު ނުވަތަ މުއައްސަސާތަކުގެ މުޤައްރަރަށްވެސް ކިޔެވޭ ގޮތަށް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 30 ވަނަ ޤުރްއާން މުބާރާތުގެ ޤަވާޢިދަށް ވަނީ ބަދަލުގެނެވިފައެވެ.
އެޕްލިކޭޝަން ހުށަހެޅުން:
- މުބާރާތުގެ ޤަވާއިދު އަދި އެޕްލިކޭޝަން ފޯމް މިއިދާރާގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
- އެޕްލިކޭޝަންތައް، ހާރޑް ކޮޕީ ފޯރމެޓްގައި ހުށަހަޅުއްވާނީ، މިއިދާރާގެ ރިސެޕްޝަނަށެވެ.
- އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ އީމެއިލް info@lhaviyani.gov.mv އަށް އީމެއިލް ކުރައްވައި corporate@lhaviyani.gov.mv އަށް ކޮޕީ ކުރެއްވުން އެދެމެވެ.
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6620331 އަށް ގުޅުއްވުން އެދެމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.
ފަހުގެ ލިއުންތައް
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (މާރޗް 2024)
- 2024 ފެބުރުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (ފެބުރުއަރީ 2024)
- 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުން ބޭއްވި ކައުންސިލްތައް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ފެބުރުއަރީ 2024
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޖެނުއަރީ 2024
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ޖެނުއަރީ، ފެބުރުއަރީ 2024)
- 2024 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- 2024 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅި ކައުންސިލްތައް
- 2023 ވަނަ އަހަރު ހިންގި ޚަރަކާތްތަކުގެ ރިޕޯޓު ހުށަހެޅި ކައުންސިލްތައް