މިދަންނަވާ ކަންތައްތައް، 21 ޑިސެމްބަރ 2023 ގައި ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 29/2023 ވަނަ އާއްމު ޖަލްސާ (4 ވަނަ ދައުރުގެ 79 ވަނަ އާއްމު ޖަލްސާ) އިން ވަނީ ނިންމާފައެވެ.

 ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، އަތޮޅު ކައުންސިލްގެ ރައީސުންނަށް އަމާޒުކޮށްގެން ބާއްވާ “ފަނޯއްލަ ދަރުބާރު” ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ރައީސް، ޔާސީން ޢަބްދުﷲ ބައިވެރިވުމަށް ކައުންސިލުން ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސުމަށް ފެންނަކަމަށް ނިންމުން.