މިދަންނަވާ ކަންތައްތައް، 11 ޖެނުއަރީ 2024 ގައި ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2/2024 ވަނަ ޢާއްމު ޖަލްސާ (4 ވަނަ ދައުރުގެ 82 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލް ހުށަހެޅިފައިވާ އިޞްލާޙްތަކާއެކު ފާސްކުރުން.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 93 ވަނަ މާއްދާގެދަށުން، ކައުންސިލަށް ލިބޭ އާމްދަނީއާއި، އެކިގޮތްގޮތުން ލިބޭ އެހީއާއި، ނަގާ ލޯނަށް ބަލައިގެން 2024 ވަނަ އަހަރަށް ފާދިއްޕޮޅު އަތޮޅުކައުންސިލުން ތައްޔާރުކުރި ބަޖެޓް ހުށަހެޅިފައިވާ އިޞްލާޙްތަކާއެކު ރިކަރަންޓް ޚަރަދުގެ ގޮތުގައި 14,618,505.00 (ސާދަ މިލިއަން ހަލައްކަ އަށާރަހާސް ފަސްސަތޭކަ ފަސް ރުފިޔާ) ކެޕިޓަލް ޚަރަދުގެ ގޮތުގައި 3,278,500.00 (ތިން މިލިއަން ދެލައްކަ ހަތްދިހައަށްހާސް ފަސްސަތޭކަ ރުފިޔާ) ޖުމްލަ 17,897,005.00 (ސަތާރަ މިލިއަން އަށްލައްކަ ނުވަދިހަ ހަތްހާސް ފަސް ރުފިޔާ) ގެ ބަޖެޓް، މަސައްކަތު ތާވަލަށް ހުށަހެޅުނު އިޞްލާޙްތަކާއެކު ފާސްކުރުން.