ލޯކަލްކައުންސިލް ދުވަސް ޅ.ކުރެންދޫގައި ފާހަކޮށްފި
ލޯކަލް ކައުންސިލް ދުވަސް 2016 ޅ ކުރެންދޫގައި ފާހަގަކޮށްފިއެވެ. މިދުވަސް ޝަރަފްވެރިކޮށްދެއްވީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސް އަލްފާޟިލް ރިޟްވާން ޢަލީއެވެ.
މިދުވަސް ފާހަގަކުރުގެ ގޮތުން ފުރަތަމަ ޙަރަކާތެއްގެ ގޮތުގައި އޮތީ 16 މާރޗް 2016 ވީ ބުދަ ދުވަހުގެ ހަވީރު 4:00ގައި ޅ. ކުރެންދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު ފުޓްބޯޅަ މެޗެވެ. މިމެޗް ކުޅެވުނީ ކުރެންދޫ ކައުންސިލްގެ ޓީމަކާ(ސްޓޭޓް އެމްޕްލޮއީޒް ޓީމް) އެރަށުގެ ޒުވާނުންގެ ޓީމް (ކުރެންދޫ ޔޫތްޓީމް) ދެމެދު އެވެ. މިމެޗް 4-1 އިން ކާމިޔާބުކުރީ ޒުވާނުންގެ ޓީމެވެ.
މިދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ޖަލްސާ އޮތީ 16 މާރޗް 2016 ވީ ބުދަ ދުވަހުގެ ރޭ 20:45 ގައި ޅ.ކުރެންދޫ ކައުންސިލްގެ އިދާރާގެ ކުރިމަތިންއޮތް އޯޕަން އޭރިޔާގައެވެ. މިޖަލްސާގައި ފާދިއްޕޮޅު އަތޮޅު ކައުންސިލުން 2015 ވަނަ އަހަރު ހިންގި ހަރަކާތްތަކާއި 2016 ވަނަ އަހަރު ހިންގުމަށް ރޭވިފައިވާ ހަރަކާތްތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަން ހުށަހެޅުނެވެ. އަދި ކުރެންދޫ ކައުންސިލުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކުގެ މައްޗަށް ބިނާކޮށް ކުރެންދޫ ކައުންސިލުގެ ފަރާތުންވެސް ވީޑިއޯ ޕްރެޒެންޓޭޝަނެއް މިޖަލްސާގައި ހުށަހެޅިގެން ދިއައެވެ.
ލޯކަލް ކައުންސިލް ޤާނޫނަށް ރައްޔިތުން ހޭލުންތެރިކުރުވުމާއި ވޭތުވެ ދިޔަ އަހަރު ކައުންސިލުން ހިންގާފައިވާ ހަރަކާތްތަކުގެ މަޢުލޫމާތު ރައްޔިތުންނާއި ޙިއްޞާކުރުމާއި ކުރިއަށް އޮތް އަހަރު ކައުންސިލުން ހިންގަން ކަނޑައަޅާފައިވާ ހަރަކާތްތަކުގެ މަޢުލޫމާތު ރައްޔިތުންނާއި ޙިއްޞާކުރުމާއި ކައުންސިލާއި ރައްޔިތުންނާއި ގުޅުންބަދަހިކުރުމުގެ މަޤްޞަދުގައި 2015 ގައި ފާހަގަކުރަންފެށި މިދުވަސް މިދިޔަ އަހަރު ފާހަގަކޮށްފައިވަނީ ޅ އޮޅުވެލިފުށީގައެވެ.
ފަހުގެ ލިއުންތައް
- 2026 ފެބުރުވަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ޖެނުއަރީ، ފެބުރުއަރީ 2026)
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- 2026 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- 2025ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޑިސެންބަރު 2025
- 2025 ޑިސެންބަރު މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- 2025 ނޮވެންބަރު، ޑިސެންބަރު މަހުގެ ތަރައްޤީ ޕްލޭނަށް ޢަމަލީސިފަ އައިސްފައިވާ ގޮތުގެ ރިޕޯޓް ރައްޔިތުންނާ ޙިއްޞާކުރި ކައުންސިލްތައް
- 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓް
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ނޮވެމްބަރ 2025
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް އައި.ޓީ އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ
- ބިޑް ކޮމިޓީގެ ނިންމުން އިޢުލާން ކުރުން









