ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނިންމުން (05/2017)
9 February 2017
މިދަންނަވާ ކަންތައް 08 ފެބްރުއަރީ 2017 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 07/2017 ވަނަ ޢާއްމު ޖަލްސާ (ދެވަނަ ދައުރުގެ 148 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.
- ފާދިއްޕޮޅު ނައިފަރު ކައުންސިލް އިދާރާގެ 2014 ވަނަ އަހަރުގެ މޮނިޓަރިންގ ރިޕޯޓް އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓުން ހުށަހަޅާފައިވާގޮތަށް ފާސްކުރުން.
- 2017 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ސަލާމްލޯންޗުގައި ކުރާ ދަތުރުތަކުގެ ޙަރަކާތްތައް ހިމެނުމަށާއި، ސަލާމް ލޯންޗްގައި ކުރާ، ކުލީ ދަތުރުތަކުން ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އާމްދަނީ އެކައުންޓަށް 2017 ވަނަ އަހަރު 1,36,800/- (އެއްލައްކަ ސަތިރީސްހާސް އަށްސަތޭކަ ރުފިޔާ) ލިބޭނެކަމަށާއި، ސަލާމް ލޯންޗްގައި ކުރާ ދަތުރުތަކުގެ ޚަރަދަށް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އާމްދަނީ އެކައުންޓުން 2017 ވަނަ އަހަރަށް 90,600/- (ނުވަދިހަ ހާސް ހަސަތޭކަ) ރުފިޔާ ޚަރަދުވާނެކަމަށް ލަފާކޮށް، ފާދިއްޕޮޅު އަތޮޅު ކައުންސިލް ބިއުރޯއިން ހުށަހެޅި ބަޖެޓް ފާސްކުރުން.
- ފާދިއްޕޮޅުގެ ސްކޫލްތަކަށް އަމާޒުކޮށްގެން ޅ. އަތޮޅު ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ “ޅ.އެޓޯލް އިންޓަރ ސްކޫލް ވޮލީބޯލް ޗެންޕިއަންޝިޕް 2017” ހިންގާ އުޞޫލު، އެޑްމިނިސްޓްރޭޝަން އެޗް. އާރ. އެންޑް އިންފޮރމޭޝަން ޔުނިޓުން ހުށަހަޅާފައިވާގޮތަށް ފާސްކުރުން.
- ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ދިރިއުޅޭކަމުގެ ރަސްމީލިއުން، ރަށުންބޭރުމީހުންނަށް ލައިސަންސް ދޫކުރާއިރު ހުށަހަޅަން ޖެހޭކަމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ނަންބަރ 202-l/CIR/2015/5 (18 މާރޗް 2015) ސަރކިއުލާއިން ކައުންސިލްތަކަށް ދަންނަވާފައިވާ ލިއުމުގެ ފޯމެޓަށް ނޫންގޮތަކަށް، ރަށްރަށުގެ ރަށުކައުންސިލްތަކުން އަތޮޅުކައުންސިލަށް ހުށަހަޅާ ލިއުންތަކަށް ލައިސަންސް ދޫނުކުރުމަށާއި، ނަމަވެސް މިކައުންސިލުން އޭ ޒޯން ލައިސަންސްގެ ޚިދުމަތް ފެއްޓުމުން އެއްގަމު ލައިސަންސް މިއުޞޫލުން އިސްތިސްނާ ވާނެކަމަށް ނިންމުން.
ފަހުގެ ލިއުންތައް
- 2026 ފެބުރުވަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ޖެނުއަރީ، ފެބުރުއަރީ 2026)
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- 2026 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- 2025ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޑިސެންބަރު 2025
- 2025 ޑިސެންބަރު މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- 2025 ނޮވެންބަރު، ޑިސެންބަރު މަހުގެ ތަރައްޤީ ޕްލޭނަށް ޢަމަލީސިފަ އައިސްފައިވާ ގޮތުގެ ރިޕޯޓް ރައްޔިތުންނާ ޙިއްޞާކުރި ކައުންސިލްތައް
- 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓް
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ނޮވެމްބަރ 2025
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް އައި.ޓީ އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ
- ބިޑް ކޮމިޓީގެ ނިންމުން އިޢުލާން ކުރުން
