ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނިންމުން (07/2017)
19 March 2017
މިދަންނަވާ ކަންތައް 15 މާރޗް 2017 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 12/2017 ވަނަ ޢާއްމު ޖަލްސާ (ދެވަނަ ދައުރުގެ 153 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.
- ޕޮލިސީ ޕްލޭނިންގ ރިސާރޗް އެންޑް މޮނިޓަރިންގ ޔުނިޓުން ހުށަހަޅާފައިވާ، ފާދިއްޕޮޅު ކުރެންދޫ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މޮނިޓަރިންގ ރިޕޯޓަށް ހުށަހެޅުނު އިޞްލާޙާއެކު، ފާސްކުރުމަށް ނިންމުން.
- ޕޮލިސީ ޕްލޭނިންގ ރިސާރޗް އެންޑް މޮނިޓަރިންގ ޔުނިޓުން ހުށަހަޅާފައިވާ، ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މޮނިޓަރިންގ ރިޕޯޓް، ހުށަހަޅާފައިވާގޮތަށް ފާސްކުރުމަށް ނިންމުން.
- މިއިދާރާގައި މިހާރު ބޭނުންކުރާ އައު ފިންގަރ ޕްރިންޓް މެޝިންގެ ބިލަށް ދައްކަންޖެހޭ 11,200/- (އެގާރަހާސް ދުއިސައްތަ) ރުފިޔާ، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އާމްދަނީ އެކައުންޓުން ޚަރަދުކުރުމަށް ނިންމުން.
- ޅ. އަތޮޅު މަދްރަސާގެ މަލްޓިމީޑިއާ ޕްރޮޖެކްޓްގައިހިމެނޭ، އެމަދްރަސާގެ އައި.ސީ.ޓީ. އިންޓަގުރޭޝަން ޕްރޮޖެކްޓަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީކުރުމަށް އަތޮޅުކައުންސިލުން ދޭ އެހީއެއްގެގޮތުގައި، ޓޯޓަލް ޕްރޮޖެކްޓް ކޯސްޓްގައި ހިމެނޭ ސްމާރޓް ބޯޑުގެ ޚަރަދު 74,896/- (ސައުރަހަތްތަރިހާސް އަށްސަތޭކަ ސަޔާނަވައި) ރުފިޔާ، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އާމްދަނީ އެކައުންޓުން ޚަރަރުކުރުމަށް ނިންމުން.
- މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރސްކޫލް ބެޑްމިންޓަން މުބާރާތުގައި މަދްރަސަތުލް އިފްތިތާޙުގެ 20 ދަރިވަރުން ބައިވެރިވެރިވެފައިވާތީ، އެކަމަށް ޚަރަދުކުރުމަށް ފާދިއްޕޮޅު އަތޮޅުކައުންސިލުންދޭ އެހީއެއްގެގޮތުގައި 10,000/- (ދިހަހާސް) ރުފިޔާ، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އާމްދަނީ އެކައުންޓުން ޚަރަދުކުރުމަށް ނިންމުން.
- އަތޮޅު ކައުންސިލް އިދާރާގެ “ސަލާމް” ލޯންޗްގައި ކުލީ ދަތުރުކުރުމުގައި ނޯޓިކަލް މެއިލްއަކަށް 130/- (އެއްސަތޭކަ ތިރީސް) ރުފިޔާ ނެގުމަށާއި، އެއްގަޑިއިރަށް ވުރެ އިތުރުވާނަމަ، އިތުރުވާ ކޮންމެ ގަޑިއިރަކަށް 200/- (ދުއިސައްތަ) ރުފިޔާ ނެގުމަށާއި، ޕެޓްރޯލްގެ އަގަށް އަންނަ ބަދަލަކާގުޅިގެން ބަދަލުގެނައުމަށް ނިންމުން.
- ލޯކަލްކައުންސިލްދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެގޮތުން، މިއަންނަ އެޕްރީލްމަހު ވިނަވި ސްކީމުން އެހީގެ ފައިސާ ދޫކުރަންފެށުމާ، ވެބްސައިޓް އިފްތިތާޙްކުރުމާ، މިހުރިހާކަމެއް އެއްރަސްމިއްޔާތެއްގައި ބޭއްވުމަށާއި، މިފަހަރު ލޯކަލްކައުންސިލް ދުވަސް ފާހަގަކުރާ ރަށަކީ ނައިފަރުކަމަށާއި، ލޯކަލްކައުންސިލް ދުވަސް ފާހަގަކުރުމުގެ އުޞޫލު އިދާރީ ބައްދަލުވުމަކުން ފާސްކުރުމަށް ނިންމުން.
ފަހުގެ ލިއުންތައް
- 2024 މާރޗް މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (މާރޗް 2024)
- 2024 ފެބުރުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (ފެބުރުއަރީ 2024)
- 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުން ބޭއްވި ކައުންސިލްތައް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ފެބުރުއަރީ 2024
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޖެނުއަރީ 2024
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ޖެނުއަރީ، ފެބުރުއަރީ 2024)
- 2024 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- 2024 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅި ކައުންސިލްތައް