ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނިންމުން (09/2017)
6 April 2017
މިދަންނަވާ ކަންތައް 05 އެޕްރީލް 2017 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 15/2017 ވަނަ ޢާއްމު ޖަލްސާ (ދެވަނަ ދައުރުގެ 156 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.
- ޕޮލިސީ ޕްލޭނިންގ ރިސާރޗް އެންޑް މޮނިޓަރިންގ ޔުނިޓުން ހުށަހަޅާފައިވާ، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މޮނިޓަރިންގ ރިޕޯޓް، ހުށަހަޅާފައިވާ ގޮތަށް ފާސްކުރުމަށް ނިންމުން.
- ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގައި މިހާރު ބޭނުންކުރާ ފޯނުތައް އައި.ޕީ ފޯނަށް ބަދަލުކުރުމަށް ބޭނުންވާ 63,421/43 (ތޭހައްޓިހާސް ހަތަރުސަތޭކަ އެކާވީސްރުފިޔާ ތެޔާޅީސްލާރި) ކައުންސިލްގެ އާމްދަނީ އެކައުންޓުން ޚަރަދުކުރުމަށްފަހު، 2018 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން މިފައިސާ ހޯދުމަށާއި، 2017 ވަނަ އަހަރުގެ ބަޖެޓަށް 63,421/43 (ތޭހައްޓިހާސް ހަތަރުސަތޭކަ އެކާވީސްރުފިޔާ ތެޔާޅީސްލާރި) އާއި، ޅ. އަތޮޅު މަދްރަސާގެ މަލްޓިމީޑިއާ ޕްރޮޖެކްޓްގައި ހިމެނޭ، އެމަދްރަސާގެ އައި.ސީ.ޓީ. އިންޓަގުރޭޝަން ޕްރޮޖެކްޓަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީކުރުމަށް އަތޮޅުކައުންސިލުންދޭ އެހީއެއްގެގޮތުގައި، ޓޯޓަލް ޕްރޮޖެކްޓް ކޯސްޓްގައި ހިމެނޭ ސްމާރޓް ބޯޑުގެ ޚަރަދު 74,896/- (ސައުރަހަތްތަރިހާސް އަށްސަތޭކަ ސަޔާނަވައި) ރުފިޔާ، ޖުމްލަ 138,317/43 (އެއްލައްކަ އަށުތިރީސްހާސް ތިންސަތޭކަ ސަތާރަ ރުފިޔާ ތެޔާޅީސްލާރި)، އިތުރުކުރުމަށް ނިންމުން.
- އަތޮޅު ރަށްވެހިގެ -1 އައުޓްސޯސްކުރުމަށް ކުރިންވެސް ކޮށްފައިވާ އިޢުލާނާ އެއްގޮތަށް 3 ވަނަ ފަހަރަށް އަލުން އިޢުލާނު ކުރުމަށާއި، ނައިފަރު ކޯޕަރޭޓިވް ސޮސައިޓީން ފޮނުވާފައިވާ ނަންބަރ NCS/2017/10 (26 މާރޗް 2017) ސިޓީ އިދާރީ ބައްދަލުވުމަކަށް ގެންދަވައި މަޝްވަރާކުރުމަށްފަހު، ސިޓީއަށް ޖަވާބު ދިނުމަށް ނިންމުން.
ފަހުގެ ލިއުންތައް
- 2026 ފެބުރުވަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ޖެނުއަރީ، ފެބުރުއަރީ 2026)
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- 2026 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- 2025ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޑިސެންބަރު 2025
- 2025 ޑިސެންބަރު މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- 2025 ނޮވެންބަރު، ޑިސެންބަރު މަހުގެ ތަރައްޤީ ޕްލޭނަށް ޢަމަލީސިފަ އައިސްފައިވާ ގޮތުގެ ރިޕޯޓް ރައްޔިތުންނާ ޙިއްޞާކުރި ކައުންސިލްތައް
- 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓް
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ނޮވެމްބަރ 2025
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް އައި.ޓީ އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ
- ބިޑް ކޮމިޓީގެ ނިންމުން އިޢުލާން ކުރުން
