މިރާގެ ކަލެޝަން ސެންޓަރެއް ޅ އަތޮޅުގައި ހުޅުވައިފި
މީރާގެ ކަލެކްޝަން ސެންޓަރެއް ޅ އަތޮޅުގައި ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. މީރާގެ ކަލެކްޝަން ސެންޓަރު ޤާއިމްކޮށްފައިވަނީ ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގައެވެ. މިސެންޓަރުން މީރާގެ ހުރިހާ ޚިދުމަތްތައްވެސް ލިބިގެންދާނެކަމަށް މީރާއިން މަޢުލޫމާތު ދެއްވައެވެ. މިރާގެ ކަލެކްޝަން ސެންޓަރެއް ފާދިއްޕޮޅުގައި ގާއިމްވެގެން ދިއުމުން ފާދިއްޕޮޅު އަތޮޅު ކައުންސިލުން ދެމުންއައި މީރާގެ ޚިދުމަތްތައް މިހާރުވަނީ ސެންޓަރުގެ ދަށަށް ބަދަލުވެފައެވެ.
މީރާގެ ކަލެކްޝަން ސެންޓަރެއް ޤާއިމްކުރުމަށްޓަކައި ފާދިއްޕޮޅު އަތޮޅު ކައުންސިލުންވަނީ އެއްވެސް ކުއްޔަކާއި ނުލާ އިމާރާތުގެ ވަޞީލަތް ފޯރުކޮށްދީ އޮފީސް ސެޓަޕްހެދުމަށް ބޭނުންވާ އެހީތެރިކަން މީރާއަށް ފޯރުކޮށްދީފައެވެ. އަދި ހަމައެއާއިއެކު ސެންޓަރުގެ ކަރަންޓުގެ ޚިދުމަތްފަދަ ބައެއް ރިކަރަންޓް ޚަރަދުތައް ހަމަޖައްސަމުން ގެންދާނީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ފަރާތުންނެވެ.
މީރާގެ ކަލެކްޝަން ސެންޓަރެއް މިއަތޮޅުގައި ޤާއިމްކުރުމަކީ ފާދިއްޕޮޅު ތަރައްޤީ ޕްލޭންގައި ހިމެނިގެން ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ މިއަހަރުގެ މަސައްކަތު ތާވަލުގައިވެސް ހިމެނިގެން ކުރިއަށް ގެންދެވުނު މަސައްކަތެކެވެ.
ފާދިއްޕޮޅު އަތޮޅު ކައުންސިލުންވަނީ ވޭތުވެދިޔަ އަހަރު ޓްރާންސްޕޯޓްގެ ޚިދުމަތްތައްވެސް ފާދިއްޕޮޅު އަތޮޅު ކައުންސިލުން ލިބޭގޮތަށް އިދާރީ އިންތިޒާމްތައް ހަމަޖައްސަވާފައެވެ. މިގޮތުން އޭޒޯން ލައިސަންސްގެ ޚިދުމަތް މިހާރުވަނީ ތަޢާރަފްކޮށް ޚިދުމަތް ދެވެން ފަށާފައެވެ. އަދި މާލެގޮސްގެން ހޯދަންޖެހޭ އެހެނިހެން ޚިދުމަތްތައްވެސް ފާދިއްޕޮޅުގައި ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ކަމާއިގުޅޭ އިދާރަތަކާއި ދަނީ މަޝްވަރާކުރެވެމުންނެވެ. މިގޮތުން މިހާރު އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތަކީ އިމިގްރޭޝަންގެ ޑެސްކެއް ފާދިއްޕޮޅު އަތޮޅު ކައުންސިލްގައި ޤާއިމްކޮށް އިމިގްރޭޝަންގެ ޚިދުމަތްތައް ޅ އަތޮޅުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތެވެ.
ފަހުގެ ލިއުންތައް
- 2026 ފެބުރުވަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ޖެނުއަރީ، ފެބުރުއަރީ 2026)
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- 2026 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- 2025ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޑިސެންބަރު 2025
- 2025 ޑިސެންބަރު މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- 2025 ނޮވެންބަރު، ޑިސެންބަރު މަހުގެ ތަރައްޤީ ޕްލޭނަށް ޢަމަލީސިފަ އައިސްފައިވާ ގޮތުގެ ރިޕޯޓް ރައްޔިތުންނާ ޙިއްޞާކުރި ކައުންސިލްތައް
- 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓް
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ނޮވެމްބަރ 2025
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް އައި.ޓީ އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ
- ބިޑް ކޮމިޓީގެ ނިންމުން އިޢުލާން ކުރުން
